މަސައްކަތް
ނަންބަރު: (IUL)30-A2/30/2016/102
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 04 ޖަނަވަރީ 2017 11:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކ.މަނިޔަފުށީ ހެޗަރީގެ ޓޭންކްތަކުގެ ބުޑުއަޅައި، ޓޭންކްތައް ބަހައްޓައި، ރަށުގެ ފާލަމުން އަރާފޭބުމަށްޓަކައި ހަރުފަތްބަރިއެއް ހަދައި ފާލަން ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ކ.މަނިޔަފުށީ ހެޗަރީގެ ޓޭންކްތަކުގެ ބުޑުއަޅައި ޓޭންކްތައް ބަހައްޓައި، ރަށުގެ ފާލަމުން އަރާފޭބުމަށްޓަކައި ހަރުފަތްބަރިއެއް ހަދައި ފާލަން ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 04 ވާ ބުދަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 08 ވާ އާދީއްތަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239،3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

26 ޑިސެންބަރު 2016