ކުއްޔަށް ދިނުން
ނަންބަރު: (IUL)383/383/2016/137
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 29 ޑިސެންބަރު 2016 10:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތަކާއި 2 ޗިލް ކޮންޓެއިނަރ ކުއްޔަށް ހިފާނެފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ވިލުފުށީގެ ބަނދަރުގެ އުތުރުން 6000 އަކަފޫޓުގެ ގޯއްޗެއްގައި ހަދާފައިހުރި ޢިމާރާތަކާއި 2 ޗިލްކޮންޓެއިނަރ ކުއްޔަށް ހިފާނެފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ (IUL)383/383/2016/79 (08 އޮގަސްޓު 2016) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރީމެވެ. ތ. އަތޮޅުގެ ވިލުފުށި ހިމެނޭ ސަރަހައްދަކީ ކަނޑުމަހުގެ މަސްވެރިކަން ރަނގަޅު ސަރަހައްދަކަށް ވެފައި، ޢިމާރާތަކީ މަސް އައިސް ކުރުމަށާއި، އައިސް ކުރި މަހުގެ ކަލެކްޝަން ޕޮއިންޓެއް ހެދުމަށް އެކަށީގެންވާ ޢިމާރާތެއް ކަމުގައި ފާހަގަކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި އިދާރާގެ ކޮންފަރެންސް ރޫމުގައި އޮންނާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2017 ޖަނަވަރީ 08 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މި އިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަވަންވާނެއެވެ. ކުންފުންޏަކުން މަޢުލޫމާތު ސާފުކުރައްވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި މަޢުލޫމާތު ސާފުކުރެއްވުމަށް ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. މިކަމާގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 9919166 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

21 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016