ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)241-B/407/2016/02
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 29 ޑިސެންބަރު 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕެޓްރޯލާއި ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

މި އިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލާއި، ޑީސަލް ފޯރުކޮށްދޭން އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އެކަން ކޮށްދެވޭނެ އަގު ބަޔާންކޮށް މި ޚިދުމަތްދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 2017 ޖަނަވަރީ 4 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ސިޓީއަކުން ހުށަހެޅުންއެދެމެވެ. މި ޕްރޮޕޯސަލްގައި ތިރީގައިމިވާ ކަންތައްތައް ފުރިހަމަވެފައި ހުންނަންވާނެވެ.

1– ތެޔޮލީޓަރެއް ވިއްކާނެ އަގު (ޕެޓްރޯލާއި ޑީސަލް ވިއްކާނެ އަގު ވަކިން އެނގޭ ގޮތަށް)

2– ފައިސާ ދެއްކުމަށް އެދޭގޮތް (ފައިސާދެއްކުމުގައި ދެވިދާނެ ލުއި ފަސޭހަތައް)

3– މެދު ނުކެނޑި ސަޕްލައިކޮށްދެވެން ހުންނާނެކަމުގެ ގެރެންޓީ (ހުށަހަޅާ ފަރާތުގެ ސްޓޮކް ހުސްވެއްޖެނަމަ، ސަޕްލައިކޮށްދިނުމަށް ހަމަޖައްސާ ގޮތް) 

4– ތެޔޮވިއްކާ ފަރާތުގެ ރަޖިސްޓަރީއާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ.

5– ތެޔޮ އަޅައިދިނުމުގައި ދެވޭނެ ލުއިފަސޭހަތައް (އުޅަނދު އޮންނަ ބަނދަރަކަށް ވެހިކަލެއްގައި ތެޔޮ ގެންގޮސްދިނުން ފަދަ)

މި އިދާރާއިން ހަމަޖައްސާވާފައިވަނީ މި އިޢުލާނާ ގުޅިގެން ހޮވޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޮއިކުރެވޭ ފަރާތްތަކާއެކު ކުރިޔަށް އޮތް 6 މަސްދުވަހުގެ މުއްދަތަށް މި އިދާރާއަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ގަތުމަށެވެ.

ވީމާ، މިކަން އަންގައި އިޢުލާންކުރީމެވެ.   

21 ޑިސެންބަރު 2016