ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)GS118/2016/49 (28 ނޮވެންބަރު 2016) އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
12 ޖަނަވަރީ 2017 ން 31 ޑިސެންބަރު 2017 ގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 |
2017 ޖަނަވަރީ 11 ވާ އަންގާރަދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް 6560570 ނުވަތަ 6561807 ނަންބަރު ފޯނާއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
27 ރަބީޢުލްއައްވަލް 1438