މަސައްކަތް
ނަންބަރު: (IUL)257/257/2016/93
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 20:07
ސުންގަޑި: 29 ޑިސެންބަރު 2016 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާޚާނާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށު އާސާރީ މިސްކިތުގައި ފާޚާނާއެއްް ވުޟޫކުރާ ބަޔަކާއި ގުދަނެއް ހިމެނޭގޮތަށް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 13:00 އަށް މަސައްކަތްކުރެވޭނެ އަގާއި މުއްދަތު ބަޔާންކޮށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.        

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ރަބީޢުލްއައްވަލް 1438

21 ޑިސެންބަރު 2016