މަސައްކަތް
ނަންބަރު: (IUL)229-IED/229/2016/44
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:53
ސުންގަޑި: 27 ޑިސެންބަރު 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރިޔާދުގެއަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރ. އަތޮޅު އަތޮޅުގެގޭ މެސްރޫމާއި ބަދިގެއާއި މަރިޔާދުގެއަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ 2016 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގައި 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 13:00 ގައެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރަން ހާޒިރު ނުވެވޭފަދަ ހާލަތެއް ދިމާވެ، ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބަދަލުގައި ފޮނުވިކަން އެނގޭނޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިފައިގެން ހާޒިރުވުމަށް އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި ނުވަތަ ކޯޕަރޭޓިވެއް ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕުރޮޕޯސަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި " ރ. އަތޮޅު އަތޮޅުގޭގެ މެސްރޫމާއި ބަދިގެއާއި މަރިޔާދުގެއަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ބައެއް މަރާމާތުތައް ކުރުމާ ބެހޭ ޕްރޮޕޯސަލް " މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ޕުރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑުރެހާއި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

21 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016