މަސައްކަތް
ނަންބަރު: GS116(IUL)/2016/041
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:48
ސުންގަޑި: 29 ޑިސެންބަރު 2016 13:30
ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް 2017 ވަނަ އަހަރު މި ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު: GS116(IUL)/2016/038 (29 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެކަމަށް އެދި ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚުގައި މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ދެންނެވިފައިވާ ތާރީޚަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:30 ގައި

އަންދާސީހިސާބު ހުށަހެޅުން

2016 ޖަނަވަރީ 11 ވާ ބުދަަދުވަހުގެ 13:30 ގައި

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

23 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016