ކުއްޔަށް ހިފުން
ނަންބަރު: (IUL)HC/2016/018
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 28 ޑިސެންބަރު 2016 14:00
ހިތަދޫ ކެމްޕަސް/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޕާޓްމަންޓް/ގެ ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

2017 ވަނަ އަހަރު ހިތަދޫ ކެމްޕަހުގައި މަސައްކަތްކުރައްވާ ފެކަލްޓީގެ ލެކްޗަރާއިން ތިއްބެވުމަށް 01 ކޮޓަރީގެ 02 އެޕާޓްމަންޓް/ގެ ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވިފައިހުރި ފަރުނީޗަރާއެކު ކައްކައި ކެވޭގޮތަށް ބަދިގެ ހިމެނޭ، އަދި ދޮވެ އިސްތިރިކުރެވޭ ގޮތަށް ހުރި ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 13:00 އަށް މި ކެމްޕަހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ދިނުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 14:00 އަށް ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސިހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މި ކެމްޕަހުގައެވެ.

23 ރަބީޢުލްއައްވަލް 1438 

22 ޑިސެންބަރު 2016