ދިވެހިރާއްޖެ
އިޢުލާން
މި ސަރވިސް އަށް 4 އެއަރކަންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ސަރވިސްއަށް 4 އެއަރކަންޑިޝަން ސަޕްލައިކޮށްދީ، އޮފީހުން ދައްކާ ތަނެއްގައި އެއަރކަންޑިޝަންތައް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖަނަވަރީ 03 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހުޅުލޭގައި (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި) ހުންނަ މި ސަރވިސް (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
އެއަރ ކޮންޑިޝަންގެ އަދަދާއި ތަފުސީލު
ބޭނުންވާތަން |
ބޭނުންވާ އަދަދު |
ސައިޒު |
ޓައިޕް |
ތަފުސީލު |
# |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ޕްލޭނިންގ ޔުނިޓް |
01 |
18000 BTU |
ސީލިންގް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
1 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ސްޓޫޑިއޯ |
01 |
12000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
2 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ރާޑަރ ސައިޓްއައް |
01 |
24000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
3 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ލައިބްރަރީ |
01 |
24000 BTU |
ސީލިންގް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
4 |
-
މަތީގައިވާ ގޮތަށް 04 އެއަރކަންޑިޝަން ހަރުކުރުމުގެ އަގާއެކު އަންދާސީހިސާބު ހުށަހެޅުއްވުން.
-
އަންދާސީހިސާބު ހުށަހަޅުއްވާ އެއަރ ކޮންޑިޝަންތައް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތް ލިބެން ހުންނަ އިންވާޓަރ ތަކެއްޗަށެވެ.
-
އެއަރކަންޑިޝަން ގެންގޮސްދިނުމުގެ ޚަރަދާއި، ހަރުކޮށް ދިނުމުގެ ޚަރަދު ތިރީގައިވާ ގޮތަށް އަންދާސީހިސާބުގައި ހިމަނާފައި އޮންނަންވާނެ އެވެ.
-
ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޕްލޭނިންގް ސެކްޝަންގައި 01 އެއަރކަންޑިޝަން (BTU 18000 ގެ ސީލިންގްމައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި ހުރި އެއަރކަންޑިޝަންނަގައި އެ ތަނުގައި އައު އައަރކަންޑިޝަންތައް ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
-
ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ސްޓޫޑިއޯގައި 01 އެއަރކަންޑިޝަން (BTU 12000 ގެ ވޯލްމައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އެ އޮފީހުން ދައްކާ ތަނެއްގައި ހުރި އެއަރކަންޑިޝަންނަގައި އެތަނުގައި އައު އެއަރކަންޑިޝަންތައް ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
-
ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ރާޑަރ ސައިޓްގައި 01 އެއަރކަންޑިޝަން (BTU 24000 ގެ ވޯލްމައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އެ އޮފީހުން ދައްކާ ތަނެއްގައި ހުރި އެއަރކަންޑިޝަންނަގައި އެތަނުގައި އައު އެއަރކަންޑިޝަންތައް ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
-
ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ލައިބްރަރީގައި 01 އެއަރކަންޑިޝަން (BTU 24000 ގެ ސީލިންގްމައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އެ އޮފީހުން ދައްކާ ތަނެއްގައި ހުރި އެއަރކަންޑިޝަންނަގައި އެތަނުގައި އައު އެއަރކަންޑިޝަންތައް ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
-
އަންދާސީހިސާބު ހުށަހަޅުއްވާއިރު، އެއަރ ކޮންޑިޝަންތަކުގެ ރޭޓާއި އަންދާސީހިސާބުގެ ޖުމުލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
-
ޑެލިވަރ ކޮށްދެވޭނެ މުއްދަތާއި ހަރުކޮށް ނިންމައިދޭނެ މުއްދަތު އެނގެން އޮންނަން ވާނެއެވެ.
-
އެއަރ ކޮންޑިޝަންތަކަށް މަދުވެގެން 01 އަހަރުދުވަހުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
-
އަންދާސީހިސާބުއާއިއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
-
ކުންފުނީގެ ޕްރޮފައިލް
-
ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
-
ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
-
ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
-
ތައްޔާރުކުރާ އަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
-
މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ތަކެތި ރިޕްލޭސްކޮށްދެއްވަން ވާނެއެވެ.
-
ދެވިފައިވާ މަޢުލޫމާތާބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، އެސިސްޓެންޓް އިންސްޓްރޫމަންޓް މެޓް ޓެކްނީޝަން މޫސާ ސަޢީދު 9178798 އާ ގުޅުއްވުން އެދެމެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފުސީލު |
ޕޮއިންޓު |
[(Minimum Quoted Price) / (Quoted Price) x 70 |
70 |
|
15 |
|
05 |
|
10 |
ހުށަހެޅޭ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް:
- ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގު ހުށަހެޅިފައި ނެތުން.
- އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.
26 ރަބީޢުލްއައްވަލް 1438