ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2016/116
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 09 ޖަނަވަރީ 2017 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

ވަޒީފާގެ ފުރުސަތު

މަޤާމް:

ސީނިއަރ ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

ރޭންކް:

އެމް. އެސް 3

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް (އެސެސްމަންޓް އެންޑް ޕޮލިސީ ޑިވެލޮޕްމަންޓް)

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/4000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2462/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)                                                               

ތަޢުލީމާއި ތަޖުރިބާ:

  • ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތު:

  1. މެރިޓް އުސޫލުން ސިވިލް ސަރވިސްގެ މުވައްޒަފުން ހޮވުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޢަމަލުކުރަމުންގެންދާ އުސޫލުތައް ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒުކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  2. ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ރެކްރޫޓްކުރުމުގައި ކޮމްޕީޓެންސީ އެސެސްކުރެވޭނެ ގޮތްތައް ހޯދުމާއި ކަނޑައެޅުމާއި، އެކުލަވައިލަން ޖެހޭ އުސޫލުތައް އެކުލަވައިލުމާއި އެކަންކަން ހިންގައި ބެލެހެއްޓުން.
  3. ސިވިލް ސަރވިސްގެ ވަޒީފާތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް އިމްތިޙާން ތަޢާރަފުކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި، ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބޭނުންވާނެ އިމްތިޙާނުތައް ތަރައްޤީކޮށް ބެލެހެއްޓުން.
  4. ސެކްޝަނުން ކުރިއަށްގެންދާ ރިފޯމް-ބޭސްޑް މަސައްކަތްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބަލައިގަންނަ މަސައްކަތްތަކެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ރާވައި، ވިލަރެސްކޮށް ބެލެހެއްޓުން.
  5. ޤާނޫނާއި ޤަވާއިދަށް އަންނަ ބަދަލުތަކާ ގުޅިގެން، ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތަށް މުރާޖަޢާކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރުމާއި އެ މަސައްކަތް ބެލެހެއްޓުން.
  6. މެރިޓް އުސޫލުން މުވައްޒަފުން ހޮވުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންތައްތަކުން އަރައިގަނެވޭނެ ގޮތްތަކާބެހޭ ދިރާސާކޮށް ހައްލު ހޯދުން.
  7. ސިވިލް ސަރވިސްގެ މަޤާމުތަކުގެ ރެކްރޫޓްމަންޓް ޓޫލްކިޓްތައް އެކުލަވައިލުމާއި އެއާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  8. ސިވިލް ސަރވިސް ވަޒީފާތަކަށް ޤާބިލު މީހުން ހޯދުމަށް ބޭނުންވާ އިމްތިޙާނުތަކާގުޅޭ ސިޔާސަތު ތައްޔާރުކުރުން.
  9. ސިވިލް ސަރވިސް ސްޓޭންޑަރޑް އޮކިޔުޕޭޝަނަލް ކްލެސިފިކޭޝަން ސިސްޓަމުގެ ތެރެއިން ވަޒީފާގެ (މަޤާމާއި މުސާރައިގެ) އޮނިގަނޑުތައް އެކުލަވައިލުމަށް ބޭނުންވާ ގައިޑްލައިންސްތައް އެކުލަވައިލުމާއި ބެލެހެއްޓުން.
  10. ސިވިލް ސަރވިސްގައި މުވައްޒަފުން ދެމެހެއްޓުމަށް ބޭނުންވާ ސްޓްރެޓެޖީތައް ޤާއިމުކޮށް މިކަމާގުޅޭ އުސޫލުތައް އެކުލަވައިލުން.
  11. ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު ވެރިންގެ ޢަމަލުކުރަންޖެހޭ އުސޫލުތައް ތަރައްޤީކޮށް ބެލެހެއްޓުން.
  12. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ކޮމިޝަނަށް ބޭނުންވާ ފަންނީ ލަފާ އެރުވުމާއި، ކޮމިޝަނުގެ ނިންމުންތަކާއި އެއްގޮތަށް މަސައްކަތުގެ ޕްލޭންތައް ހަދައި، ހިންގައި ބެލެހެއްޓުން.
  13. މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާކުރުމާއި، މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފާ އިސްވެރިންނަށް ހިއްސާކުރުން.
  14. ސީ.އެސް ވިއުގަ 2.0 ތަރައްގީކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން. 
  15. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތުތަކުގައި ޙަވާލުކުރެވޭ މަސައްކަތަތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2017 ޖަނަވަރީ 9 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއުއާއި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)

އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2017 ޖަނަވަރީ 15 އާއި 29 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

23 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016