ދިވެހިރާއްޖެ
އިޢުލާން
ހެލްތު އެންޑް ފިޒިކަލް އެޑިޔުކޭޝަން ޓީޗަރަކު ބޭނުންވެއްޖެ:
މި ސްކޫލުގައި، 2017 ވަނަ އަހަރު، ހެލްތު އެންޑް ފިޒިކަލް އެޑިޔުކޭޝަން، ކޮންޓްރެކްޓް އުސޫލުން ކިޔަވައިދޭނެ ވަގުތީ ޓީޗަރަކު ބޭނުންވެއެވެ.
ފެންވަރު ނުވަތަ ޝަރުޠު: ސާނަވީ ތަޢުލީމް ނިންމާފައިވުން (ގްރޭޑް 10 ނިންމާފައިވުން)
މަޤާމުގެ ޝަރުޠާއި، މުސާރައާއި، މުސާރައިގެ އިތުރުން ދެވޭ އުޖޫރަތަކާއި، ޢިނާޔަތްތަކުގެ ތަފްޞީލު:
މަޤާމުގެ ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން. |
މަހަކު -/4،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން. |
މަހަކު -/5،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ކިޔަވައިދިނުމުގެ ރޮނގުން ސެޓިފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/6،090 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
އިތުރުގަޑި: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މުއްދަތު: 3 މަސްދުވަސް (5 ޖަނަވަރީ 2017 އިން 4 އެޕްރީލް 2017 އަށް)
ބޭނުންވާ އަދަދު: 1 (އެކެއް)
ސުންގަޑި: މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން، 2017 ޖަނަވަރީ 4 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލަށް ސިޓީ ފޮނުވުން އެދެމެވެ.
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
3. އިތުރު ތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އުޅުނުކަމުގެ ލިޔުމެއް.
އިންޓަވިއު:
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު، 2017 ޖަނަވަރީ 8 އާއި 9 އާ ދެދުވަހުގެ ތެރޭގައި ކިހާދޫ ސުކޫލުގައި ބޭއްވޭނެއެވެ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
އިތުރު މައުލޫމާތު:
އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6600017 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.
21 ރަބީޢުލްއައްވަލް 1438