މަސައްކަތް
ނަންބަރު: (IUL)13-J2/13/2016/232
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:14
ސުންގަޑި: 04 ޖަނަވަރީ 2017 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފަންނީ އެހީތެރިކަންދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހައުސް ޕްލާޒާ، އައިލެންޑް ޕްލާޒާ، އޯކިޑް ޕްލާޒާ، ނިއުޕްލާޒާ ބިލްޑިންގަކީ ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން، ވަރަށް ބޮޑަށް ބާވެ، ގިނަ މާރާމާތުތަކެއް ކުރަންޖެހިފައިވާ އަދި މިހާރުވެސް މާރާމާތުކުރަމުންގެންދާ ތަނެކެވެ. އެހެންކަމުން، މިތަންތަނަކީ މީހުން ދިރިއުޅުމަށް އެންމެ އެކަށީގެންވާ ހާލަތުގައި ހުރި ތަންތަންތޯ ދެނެގަތުމަށް، ހާލަތު ބަޔާންކޮށްދޭ ޓެކްނިކަލް ރިޕޯޓެއް ހަދަން ބޭނުންވެއެވެ.

މަސައްކަތުގެ ތަފުސީލު

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

ހާލަތު ބަޔާންކޮށްދޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކުރުން

2016 ޑިސެންބަރު 29

 13:00 ގައި

2017 ޖަނަވަރީ 4

13:00 ގައި

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީގެ ވެލުއޭޝަން އެންޑް ޕްރޮޕަރޓީ ސާވިސަސް ޑިވިޜަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

30 ރަބީޢުލްއައްވަލް 1438

 

25 ޑިސެންބަރު 2016