ކުއްޔަށް ދިނުން
ނަންބަރު: (IUL)138-AS1/138/2016/179
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 18:41
ސުންގަޑި: 26 ޑިސެންބަރު 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެލާނާގޭ ފިހާރަ ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުމާއި ބިޑު ފޯމު ބަލައިގަތުން

ވެލާނާގޭ ފިހާރަ ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުމާއި ބިޑު ފޯމު ބަލައިގަތުން

ވެލާނާގޭ ފިހާރަ ކުއްޔަށް ހިފައި ހިންގަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2016 ޑިސެންބަރު 26 ވަނަ ދުވަހު 12:00 ގައި މި މިނިސްޓްރީގައި އޮންނާނެއެވެ. އަދި އަގު ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 29 ވަނަ ދުވަހު 12:00 ގައި މި މިނިސްޓްރީގައެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަގު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ސިޓީއުރައިގެ ބޭރުގައި، ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރަ، އެޑްރެސް ކުރެވިފައި އޮންނަންވާނީ ކޯޕަރޭޓް ސެކްޝަނަށެވެ. ޕްރޮޕޯސަލްތައް ކަނޑައި ބަލައިގަތުން އޮންނާނީ އަގު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004337 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

23 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016