ދިވެހިރާއްޖެ
ސްކޫލުގެ ބެލްކަނީގެ ރެއިލިންގ އުސްކުރުން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުން ކުރި ނަމްބަރު JS-B/2016/36 އިޢުލާނާ ގުޅިގެން މި ސްކޫލުގެ ބެލްކަނީގެ ރެއިލިންގއާއި ސިޑިގޮޅީގެ އަތްގަނޑުތައް އުސްކުރުމުގެ މަސައްކަތްތަކަށް ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީއާއި، ބައެއް ފަރާތްތަކުން ހުށަހެޅި އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާނާ ގުޅިގެން ރެއިލިންގ މަސައްކަތްތަކަށް ހުށަހެޅި އަންދާސީހިސާބުތައް ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ބެލްކަނިތަކުގެ ރެއިލިންގއާއި ސިޑިގޮޅީގެ އަތްގަނޑުތައް އުސްކޮށްދިނުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 27 ވަނަ ދުވަހުގެ 13:30 މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 29 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
26 ރަބީޢުލްއައްވަލް 1438