ނީލަން
ނަންބަރު: AS-B/IU/2015/78
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:51
ސުންގަޑި: 29 ޑިސެންބަރު 2016 11:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސައިކަލެއް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލުން

އިޢުލާން

ސައިކަލެއް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލުން

މި ސްކޫލުގެ ޕީ ޓީ އޭގެ ފަރާތުން މި އަހަރު ބޭއްވި "އަމީނީ ފެއަރ" އަށް ސްޕޮންސަރެއްގެ ގޮތުގައި ލިބިފައި ހުރި މޮޓޯ ސައިކަލެއް (ހޮންޑާ ސްކޫޕީ އައި، ހުދު ފިޔާތޮށި) ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ، މި ސައިކަލް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ޖަނަވަރީމަގުގައި ހުންނަ "ލިޓަސް" ޝޯރޫމަށް ވަޑައިގެން ސައިކަލް ބެއްލެވުމަށްފަހު، 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަމީނިއްޔާ ސްކޫލު މީޓިންގ ރޫމަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

އަގު ހުށަަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަމިއްލަ ފަރުދެއްނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަގާއެކު އެޓޭޗްކުރަންވާނެއެވެ. އަދި ކުންފުންޏަކުން ނަމަ، ރަޖިސްޓަރީގެ ކޮޕީއެއް އެޓޭޗްކުރަންވާނެއެވެ.

ސައިކަލުގެ ނީލަން ފެށޭއަގަކީ -/40000 ރުފިޔާ (ސާޅީސް ހާސް) އެވެ.

އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ސައިކަލް ވިއްކައިލެވޭނެއެވެ.

ސައިކަލް ގަންނަ ފަރާތުން 2 ދުވަހުގެ ތެރޭގައި ސައިކަލުގެ އަގު ދައްކަންވާނެއެވެ. ދެ ދުވަހުގެ ތެރޭގައި އަގު ނުދައްކައިފި ނަމަ، ދެވަނައަށް އެންމެ ބޮޑު އަގު ހުށަހެޅުއްވި ފަރާތަކަށް ސައިކަލް ވިއްކައިލެވޭނެއެވެ.

އަގު އަދާކުރަންވަނީ ރުފިޔާއިންނެވެ. ޗެކު ގަބޫލެއް ނުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 3321346 ނަންބަރު ފޯނާއެވެ.

22 ޑިސެންބަރު 2016