ވަޒީފާގެ ފުރުޞަތު
ނަންބަރު: GS52/IUL/2016/34
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 03 ޖަނަވަރީ 2017 14:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ބަސް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ބަސް ޑްރައިވަރ

ބޭނުންވާ އަދަދު: 2 (ދޭއް)

މުސާރަ: މަހަކު -/2500 ރުފިޔާ

ޚާއްޞަ އެލަވަންސް: -/50 ރުފިޔާ (މަސައްކަތަށް ނިކުންނަ ރަސްމީ ކޮންމެ ދުވަހަކަށް)

ވަޒީފާ އޮތް އޮފީސް: ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް / ލ. ގަން

މަޤާމުގެ ބާވަތް: ކޮންޓްރެކްޓް / ވަގުތީ

މަޤާމުގެ ޝަރުޠުތައް:

1. ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.

2. ދިވެހި ރައްޔިތަކުކަމުގައިވުން.

3. ބަސް ނުވަތަ އެ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4. އުމުރުން 65 އަހަރު ފުރިފައިނުވުން.

5. އަޚުލާޤީގޮތުން ރަނގަޅު މީހަކުކަމުގައިވުން.

6. ވޭތުވެދިޔަ 5 އަހަރު ޝަރީޢަތައް ޖިނާއީ މައްސަލައެއް ސާބިތުވެ، ޙުކުމެއް ކޮށްފައިވާ މީހަކުކަމުގައިނުވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

ށ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ނ. ބަސް ނުވަތަ އެ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ.

ރ. ބަޔާންކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ތަޖުރިބާ ލިބިފައިވާނަމަ، އެކަން އެނގޭނެ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 3 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

19 ރަބީޢުލްއައްވަލް 1438

18 ޑިސެންބަރު 2016