ވަޒީފާގެ ފުރުޞަތު
ނަންބަރު: GS36/2016/34
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 03 ޖަނަވަރީ 2017 14:00
ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަސައްކަތް ހަމަޖެހިފައިވާ ތަން: ކ. އަތޮޅު މަދަރުސާ، ކ. ކާށިދޫ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ  

މަޤާމުގެ ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވުން.

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ގުޅުންހުރި ދާއިރާތައް: އެކައުންޓިންގ، ފައިނޭންސް، ބިޒިނަސް، އިންފޮމޭޝަން ޓެކްނޮލޮޖީ)

ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ބިލްތައް އެންޓަރކޮށް، އޯޑަރު ފޯމު އެޓޭޗްކުރުން.

- ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން.

- ޕޭމަންޓް ވައުޗަރތައް އެންޓަރކުރުން.

- އަހަރީ ހިސާބު ތައްޔާރުކުރުން.

- ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓު ރިޕޯޓު ހެދުން.

- ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓު ފައިލްތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން، 2017 ޖެނުއަރީ 3 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި މަދަރުސާގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު،  ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

6. މިހާރު އެހެން ވަޒީފާއެއް އަދާކުރާ ފަރާތްތަކުން މި ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި ވަޒީފާއަށް ބަދަލުވުމާމެދު، މިހާރު ވަޒީފާ އަދާކުރާ ތަނުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އިންޓަވިއުއާއި އިމްތިޙާންކުރުމާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 8 ޖަނަވަރީ 2017 އާއި 12 ޖަނަވަރީ 2017 އާ ދެމެދުގެ ތާރީޚެއްގައި، ކ. އަތޮޅު މަދަރުސާގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 6640036 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

23 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016