ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2016/77
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 02 ޖަނަވަރީ 2017 14:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:       

އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކް: އެމް.އެސް 1

ކޯޓް / ސެކްޝަން:

ހައިކޯޓު

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ:

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް:               

މަހަކު -/1,500 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/2,850  ރުފިޔާ

ޖުޑީޝަލް އެލަވަންސް:

އަސާސީ މުސާރައިގެ %45 (މަހަކު)

މަޤާމުގެ  ޝަރުޠު:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް  ލިބެމުންދިޔުމާއެކު،  GS 4  ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

1- ސެކްޝަންތަކުން އަންނަ ރިކުއެސްޓުތަކަށް، ލަސްވެގެން ތިންދުވަހުގެ ތެރޭގައި ތަކެތި ނަގައި ހަވާލުކޮށް ނިންމައި، ރިކޯޑު ބެލެހެއްޓުން.

2- ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމަށް އެސް. އޯ. ޕީ ތައްޔާރުކުރުމާއި، ކޮންމެ ތިން މަހަކުން އެއްފަހަރު އެސް. އޯ. ޕީ ރިވިއުކޮށް، މަސައްކަތް ހަލުއިކުރުމަށް އަޅަން ފެންނަ ފިޔަވަޅުތައް ސުޕަވައިޒަރަށް ހުށަހަޅައިގެން އެސް.އޯ.ޕީ އަޕްޑޭޓުކުރުން.

3- ކޮންމެ ހަފްތާއަކުވެސް އެހާހިސާބަށް ނުނިމިހުންނަ ރިކުއެސްޓުތައް ނުނިމި ހުރިސަބަބާއި އެކަން ކުރެވޭނެ ގޮތްތަކާއި އެކަންކަމުގެ މައްޗަށް ރިޕޯޓެއް ތައްޔާރުކޮށް ސުޕަވައިޒަރަށް ހުށަޅައި، އެކަމާމެދު ސުޕަވައިޒަރު ދެއްވާ އިރުޝާދާއެއްގޮތަކަށް އެކަމެއް ފުރިހަމަކުރުން.

4- ތަކެއްޗާއި ޚިދުމަތް ހޯދުމަށްފަހު، އޭގެ ބިލްތައް، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ހޯދައި، ބަޖެޓު ސެކްޝަނާ ހަވާލުކުރުމާއި، ބިލްތަކަށްވާ ފައިސާ، މަސައްކަތްކުރާ ފަރާތަށް ލިބުނުކަން ކަށަވަރުކުރުކުރުމާއި، ފައިސާ ލިބުނުކަން ކަށަވަރުނުވާ ބިލްތަކުގެ ލިސްޓެއް ހަދައި، ހަފުތާއަކު އެއްފަހަރު އެ ލިސްޓު އަޕްޑޭޓުކުރުމާއި، ފައިސާ ނުދެއްކިވާ ސަބަބު ހޯދައި، ކޮންމެ ތިންމަހަކުން އެއްފަހަރު ރިޕޯޓެއް ތައްޔާރުކޮށް، ސުޕަވައިޒަރގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޙައްލު ހޯދުން.

5- ހައިކޯޓުގައި ކުރަންޖެހޭ  މަސައްކަތްތަކަށާއި ތަކެއްޗަށް ބޭނުންވާ ބީއޯކިއު ތައްޔާރުކުރުން.

6- އޮފީހަށް އާންމުކޮށް ހޯދާ ތަކެތި، ކޮންމެ 3 މަހަކުން އެއްފަހަރު، އެތަކެތި ފިހާރުތަކުން ލިބެން ހުރިތޯ ކަށަވަރުކޮށް، ތަކެތި ލިބެންހުންނަ ދިހަ ތަނެއްގެ ލިސްޓު (ތަކެތީގެ އަގާއި، ގުޅޭނެ ފޯނު ނަންބަރު ހިމަނައިގެން) ތައްޔާރުކޮށް ބެލެހެއްޓުން.

7- މުހިންމު ތަކެތީގެ ކޯޓޭޝަންތައް އަމިއްލައަށް ފިހާރަތަކަށް ގޮސްގެންނަމަވެސް ސުޕަވައިޒަރު ކަނޑައަޅާ ވަގުތަކަށް ހޯދުން.

8- ކުރީދުވަހުގެ ސެކްޝަން ޔައުމިއްޔާ ލިޔެ ސުޕަވައިޒަރ އެޕްރޫވްކުރުމުން އެދުވަހުގެ 10.00 ގެ ކުރިން އިދާރީ ސެކްޝަނާ ހަވާލުކުރުން.

9- އެގްރިމެންޓުކުރެވިފައިފައިވާ މަސައްކަތްތައް ނިމެމުންދާވަރު ބަލައި، އެ މަސައްކަތްތައް ހަލުއިކުރުމަށް އެޅޭނެ ފިޔަވަޅުތައް އަޅައި ނިންމުން.

10- ޚަރަދު ކޮމިޓީން ނިންމާ ކަންތައްތައް ގަވާއިދާއެއްގޮތަށް ފުރިހަމަވަމުންދާ މިންވަރު ބަލައި، އެކަމާގުޅޭ ރިޕޯޓެއް ހަފުތާއަކު އެއްފަހަރު ތައްޔާރުކޮށްފައި ސުޕަވައިޒަރަށް ހުށަޅައި، ސުޕަވައިޒަރުގެ ލަފާގެމަތިން އެކަންކަން ބެލެހެއްޓުން.

11- މާލިއްޔަތު ގަވާއިދާއި މާއްލިޔަތު ޤާނޫނަށް ގެނެވޭ ބަދަލުތައް ކޮންމެ ދެ މަހަކުން އެއްފަހަރު އަޕަޑޭޓުކުރުމާއި، މުޠާލިޔާކޮށް، މާލިއްޔަތު ގަވާއިދަށް ގެނެވިދާނެ ބަދަލުތައް ފާހަގަކޮށް، ރިޕޯޓެއް އެކުލަވައިލައި، ސުޕަވައިޒަރަށް ހުށަހެޅުން.

މަޤާމަށްއެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ www. highcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރައްވާ ސެޓުފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީއެވެ.)

3. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރުދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެނގޭނޭ، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)

7. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)

8. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާޤު އެނގޭނޭފަދަ ލިޔުމެއް ހުށަހެޅުން.

9. ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ވަޒީފާއިން ވަކިކޮށްދޭނެކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.) 

10. ކޯސް ނިމި ސެޓުފިކެޓް ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ލިއުމާއި، ޓްރާންސްކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލްކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓުފިކެޓު ލިބުމުން، އެފަރާތެއްގެ ސެޓުފިކެޓު ކޯހަށް ކަނޑައެޅިފައިވާ ލެވެލުގައި އެކްރެޑިޓްކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހެޅުން.

ޕޮއިންޓް ދެވޭގޮތް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން: %40

- ލިބިފައިވާ ތަޖުރިބާ: % 8

- ލިބިފައިވާ ހުނަރާއި، ފެންވަރާއި، ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު) %40

- މަސައްކަތުގެ ފެންވަރުބެލުން (މިބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)

- މުވައްޒަފުގެ ހާޒިރީ (މިބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

- މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާޤު (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

ސުންގަޑި:

2017 ޖަނަވަރީ 2 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓް (ތީމުގެ، އާބުރުޒުހިނގުން) އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މައުލޫމާތު ހޯދުމަށް، 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016