މަސައްކަތް
ނަންބަރު: MTCC-PD/IU/2016/0212
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 29 ޑިސެންބަރު 2016 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީއަށް ސްޕަޑް ބާޖްއެއް ބަނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އެމް.ޓީ.ސީ.ސީ އަށް ސްޕަޑް ބާޖެއް ބަނުމުގެ މަސައްކަތް، މި ކުންފުނިން ދޭ މިންގަނޑުތަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ޓަވަރުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 5 ވަނަ ދުވަހުގެ 11 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

22 ޑިސެންބަރު 2016