ދިވެހިރާއްޖެ
އިޢުލާން
ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ
މި ސްކޫލް ޕްރިންސިޕަލް ހުންނަވާ ގެއެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު GS/204/IU/2016 އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެންމެ ފަރާތެއް ހާޒިރުވެފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
މި ސުކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް 2017 ޖަނަވަރީ 1 އިން ނޮވެންބަރު 30 ގެ ނިޔަލަށް ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި މި ސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބާއެކު ގެއާއި ގޯތީގެ ފްލޯ ޗާޓުގެ އިތުރުން އިންވެންޓްރީ ލިސްޓު ހުށަހަޅުއްވަން ވާނެއެވެ.
މަޢުލޫމާތު ސާފުކޮށްދިނުން |
އަންދާސީހިސާބު ބަލައިގަތުން |
ތާރީޚު: 25 ޑިސެންބަރު 2016 |
ތާރީޚު: 28 ޑިސެންބަރު 2016 |
ގަޑި: 11:30 |
ގަޑި: 11:30 |
ތަން: ނަޑެއްލާ ސްކޫލް (އޮފީސް) |
ތަން: ނަޑެއްލާ ސްކޫލް (އޮފީސް) |
ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް، ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވިދާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސުކޫލުގެ ނަންބަރު 6840064 ނުވަތަ 7983088 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ރަބީޢުލްއައްވަލް 1438