މަސައްކަތް
ނަންބަރު: GS170/2016/27
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 26 ޑިސެންބަރު 2016 11:00
ދަރަނބޫދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

1 ޖަނަވަރީ 2017 އިން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު GS170/016/26 (23 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ދެފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 11:00 ގައި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުންވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.

މިކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މި ސްކޫލްގެ ނަންބަރު 7952911 އާ ގުޅުންވުން އެދެމެވެ.

21 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016