މަސައްކަތް
ނަންބަރު: GS-175/IL/2016/19
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:19
ސުންގަޑި: 29 ޑިސެންބަރު 2016 13:00
މާއެނބޫދޫ މަދަރުސާ
ދިވެހިރާއްޖެ
ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފާޚާނާގެ މަސައްކަތް ކުރުމާބެހޭ:

މި ސްކޫލުން ދޭ ކުރެހުމާއި، ކޮންޓްރެކްޓްގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން 1 ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަދަރުސާގެ ނަންބަރު  GS-175/IL/2016/17 (23 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅައިފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ބަލައިގަތުން

2016 ޑިސެންބަރު 29 ވާ ބުދަދުވަހުގެ 13:00 ގައި

2017 ޖަނަވަރީ 5 ވާ ބުދަދުވަހުގެ 13:00 ގައި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި މީހަކު ފޮނުވާނަމަ، އެ މީހަކީ ކާކުކަން ބަޔާންކޮށް، އެ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ހާޒިރުވާ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.    

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

19 ޑިސެންބަރު 2016