ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2016/245
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:12
ސުންގަޑި: 29 ޑިސެންބަރު 2016 10:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޓީޗަރުން (ފުލްޓައިމް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ޓީޗަރުން (ފުލްޓައިމް)

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ފިޔަވަތި، ހުޅުމާލެ)

ބޭނުންވާ އަދަދު:

9 (ނުވައެއް)

 

މުސާރައާއި އެހެނިހެން ޢިނާޔަތްތައް (ބެޗްލާސް ޑިގްރީ)

- އަސާސީ މުސާރަ: މަހަކު -/6،295 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2،500 ރުފިޔާ

- ސްޕެޝަލް އެލަވަންސް: މަހަކު 2203/25 ރުފިޔާ

 

މުސާރައާއި އެހެނިހެން ޢިނާޔަތްތައް (ޑިޕްލޮމާ)

- އަސާސީ މުސާރަ: މަހަކު -/5،610 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2،500 ރުފިޔާ

- ސްޕެޝަލް އެލަވަންސް: މަހަކު 1963/50 ރުފިޔާ

 

މުސާރައާއި އެހެނިހެން ޢިނާޔަތްތައް (ސެޓުފިކެޓު ލެވަލް 4)

- އަސާސީ މުސާރަ: މަހަކު -/5،020 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2،500 ރުފިޔާ

- ސްޕެޝަލް އެލަވަންސް: މަހަކު -/1،757 ރުފިޔާ

 

މުސާރައާއި އެހެނިހެން ޢިނާޔަތްތައް (ސެޓުފިކެޓު ލެވަލް 3)

- އަސާސީ މުސާރަ: މަހަކު -/4،465 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- ސްޕެޝަލް އެލަވަންސް: މަހަކު 1،562/75 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ (ޝިފްޓް އުސޫލުން، ހަފުތާއަކު 6 ދުވަހު)

ތަޢުލީމާއި ތަޖުރިބާ:

1. ތަޢުލީމީ ދާއިރާއަކުން، ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛

2. މި ދާއިރާއިން އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ފިޔަވަތީގެ ކުދިންގެ ކިޔެވުމާއި، ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކުރަން މަސައްކަތްކުރުން.

2. ފިޔަވަތީގެ ކުދިންނަށް ބޭނުންވާ ފިޒިކަލް އެޑިއުކޭޝަނާ ގުޅުންހުރި ޕްރޮގްރާމްތައް ރާވައި ހިންގުން.

3. ކުދިންގެ އަޚްލާޤީ މިންގަނޑުތަކާއި، އުސޫލުތައް ހިފެހެއްޓުމަށް ބާރުދޭ ޕްރޮގްރާމްތައް ރާވައި ހިންގުން.

4. ކުދިން ކުރިޔަށްދާން ބޭނުންވާ ރޮނގުތައް ޚިޔާލުކުރުމުގައި އެހީތެރިވުމާއި، މުޖުތަމަޢުއަށް ނުކުތުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ނަފްސާނީގޮތުން ކުދިން ތައްޔާރުކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ސިޓީ.

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީއެއް.

4. ލިބިފައިވާ ތަޢުލީމާއި ތަމްރީންތަކުގެ ސެޓުފިކެޓުގެ ކޮޕީ.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް، ނުވަތަ ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ. 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

 

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

-  ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

-  ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް.

-  ކުދިންގެ އުމުރާ ގުޅޭގޮތުން ކިޔަވައިދިނުމަށް ލިބިފައިވާ ފަންނީ ހުނަރުވެރިކަން.

-  ލިބިފައިވާ ތަޖުރިބާއާއި ހުނަރު.

-  ކުދިންގެ އުމުރާ ގުޅޭގޮތަށް މުޢާމަލާތްކުރުމުގެ ޤާބިލްކަން.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.

23 ރަބީޢުލްއައްވަލް 1438
22 ޑިސެންބަރު 2016