ދިވެހިރާއްޖެ
މަޤާމް :ކިޗަން ހެލްޕަރ | |
---|---|
ބޭނުންވާ އަދަދު :2 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: މަޤާމް: ކިޗަން ހެލްޕަރ މަޤާމުގެ ގިންތި: ވަގުތީ ކޮންޓްރެކްޓުގެ އުސޫލުގެ ދަށުން 3 މަސްދުވަހު މަސައްކަތްކުރާގޮތަށް ބޭނުންވާ އަދަދު: 2 (ދޭއް) މަސައްކަތް ކުރަންޖެހޭ ތަން: ލައުންޖަސް، އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) މަޤާމުގެ ޝަރުޠު: 1. ގްރޭޑް 7 ގެ ފެންވަރު ހުރުން. 2. ހޮޓެލް ނުވަތަ ރެސްޓޯރަންޓް ބަދިގޭގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. 3. އުމުރުން 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުން. މުސާރައާއި ޢިނާޔަތްތައް: މަހަކު -/10،000 ރުފިޔާއާއި -/11،000 ރުފިޔާއާ ދެމެދު. ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 1. ބަދިގެއާއި ބަދިގޭގައި ބޭނުންކުރެވޭ ތެލިތަށި ފަދަ ތަކެތި ދޮވެ ސާފުކުރުން. 2. ކާތަކެތި ތައްޔާރުކުރުމުގައި ޝެފަށް އަތްގާތްކޮށްދިނުން. 3. ކާބޯތަކެތި ގެންދަންވާ ތަންތަނަށް ގެންގޮސް، ބުފޭ ކައުންޓަރަށް ކާބޯތަކެތި އެރުވުމުގައި އެހީވެ، އެތަކެތި ހުސްނުވާނޭހެން ބެލެހެއްޓުން. 4. ބަދިގޭގެ އެންމެހައި ހަރުތަކެއް ސާފުކޮށް ބެލެހެއްޓުމާއި، ލައުންޖަށް ސްޓޯރުން ގެނެވޭ ތަކެތި ބަލައިގަތުމާއި، ސްޓޮކްފޮތަށް އެންޓަރކުރުމާއި، އެތަކެތި ރާވައި، އެތުރުން. |
މަޤާމް :ސަޕޯޓް ސްޓާފް | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް: ސަޕޯޓް ސްޓާފް ބޭނުންވާ އަދަދު: 1 (އެކެއް) މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮކިއުމަންޓް އެންޑް ސްޓޯރސް، އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް، ހުޅުލެ މަޤާމުގެ ޝަރުޠު: 1. ބަރު ތަކެތި ހިފައި، އުފުލައި ހެދުމަށް ޞިއްޙަތު ތަންދޭ ފަރާތަކަށްވުން. 2. ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ ލިޔުން ކިޔަން އެނގުން. 3. ގިނަ ވަގުތު މަސައްކަތްކުރުމާމެދު އިއުތިރާޒެއް ނެތުން. 4. އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ މީހަކަށްވުން. މުސާރައާއި ޢިނާޔަތްތައް: މަހަކު -/10،000 ރުފިޔާއާއި -/11،000 ރުފިޔާއާ ދެމެދު. ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 1. ލިބޭ ޝިޕްމަންޓްތައް ޗެކްކުރުމުގައި، ސްޓޯރ އޮފިސަރަށް އެހީތެރިވުން. 2. ޑިޕާޓްމަންޓްތަކަށް ތަކެތި ދޫކުރުމަށް ސްޓޯރ އޮފިސަރަށް އެހީތެރިވުން. 3. ސްޓޯރުގެ އެކި ހިސާބުތަކާއި، އޮފީހާއި ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން. 4. ހަރުތަކުގައި މުދާ އެތުރުމަށް އެހީތެރިވުން. 5. ދޯންޏަށާއި ޕިކަޕަށް މުދާ އަރުވައި ބޭލުމުގައި އެހީތެރިވުން. |
މަޤާމް :އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ޓްރޭނީ | |
---|---|
ބޭނުންވާ އަދަދު :3 | |
މަޤާމް: އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ޓްރޭނީ ބޭނުންވާ އަދަދު: 3 (ތިނެއް) (1 ކުޑަހުވަދޫ އެއަރޕޯޓަށް، 2 މާލޭ އެއަރޕޯޓަށް) މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) އަދި ކުޑަހުވަދޫ އެއަރޕޯޓް މަޤާމުގެ ޝަރުޠު: 1. އޯލެވެލް އިނގިރޭސިއާއި ހިސާބުން، އަދި އެސް.އެސް.ސީ ދިވެއްސާއި އިސްލާމުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން (މީގެ އިތުރުން، އެކްރެޑިޓްކޮށްފައިވާ ޑިގްރީއެއް ނުވަތަ ޓެކްނިކަލް ޑިޕްލޮމާއެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ) 2. އުމުރުން 21 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށްވުން. މުސާރައާއި ޢިނާޔަތްތައް: މަހަކު -/14،000 ރުފިޔާއާއި -/15،000 ރުފިޔާއާ ދެމެދު. ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 1. މަތީ ރޭންކުގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ އިރުޝާދުގެދަށުން އެއަރ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ފޯރުކޮށްދިނުން (ސިވިލް އޭވިއޭޝަން އޮތޯރިޓީން ލައިސަންސް ބޭނުންވާ މަސައްކަތްތައް މީގެ ތެރެއަކު ނުހިމެނޭނެއެވެ.) 2. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އެއަރ ޓްރެފިކް މެނޭޖްމަންޓުގެ އެންމެ އިސް ފަރާތް ނުވަތަ އެއަރ ޓްރެފިކް ސަރވިސަސްގެ އެންމެ އިސްކޮށް ހުންނެވި ފަރާތަކުން އެދިއްޖެ ހިނދެއްގައި މާލެއާއި ޑޮމެސްޓިކް އެއަރޕޯޓްތަކުގެ އެއަރ ޓްރެފިކް މެނޭޖްމަންޓް ޔުނިޓުގައި މަސައްކަތްކުރުން. 3. އެއަރ ޓްރެފިކް ކޮންޓްރޯލް ބިނާވެފައިވަނީ ޓީމްއެއްގައި ގުޅިގެން މަސައްކަތްކުރުމުގެ އުސޫލުގެ މައްޗަށްކަމަށްވުމާއެކު، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޓީމުގެ އެންމެހައި ސްޓާފުންނާއެކު މަސައްކަތްކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ސީވީ
2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
3. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
5. ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ.
ކުރިމަތިލުމުގެ ސުންގަޑި:
2016 ޑިސެންބަރު 28 ވަނަ ދުވަހުގެ 16:00
ވަޒީފާއަށް އެދޭ ސިޓީ އެޑްރެސްކުރާނީ:
ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސް އޮޕަރޭޝަންސް، އަލްފާޟިލް ޙުސައިން ނަޢީމް،
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޯޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ
ނޯޓު:
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީއާއި ފޯމު ބަލައެއް ނުގަނެވޭނެއެވެ. އަދި ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީއާއި ފޯމު ބަލައެއް ނުގަނެވޭނެއެވެ. އެއް މަޤާމަށްވުރެ ގިނަ މަޤާމަށް އެދި ސިޓީ ހުށަހަޅާނަމަ، ކޮންމެ މަޤާމަކަށްވެސް ސިޓީއާއި ލިޔެކިޔުންތަކުގެ ވަކި ސެޓެއް ހުށަހަޅަންވާނެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދަން ގުޅާނީ، 3325511 ނަންބަރު ފޯނަށެވެ.
23 ރަބީޢުލްއައްވަލް 1438