މަސައްކަތް
ނަންބަރު: GS-186/IU/2016/28
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 26 ޑިސެންބަރު 2016 11:00
އިސްދޫ ސްކޫލް
ދިވެހިރާއްޖެ
ޑެސްކު މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

100 ޑެސްކު މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް

މި ސްކޫލްގެ 100 ޑެސްކު މަރާމާތު ކުރަން ބޭނުންވެގެން ކުރެވުނު ނަންބަރު 25GS-186/IU/2016/ (07 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

އިސްދޫ ސްކޫލުގެ 100 ޑެސްކު މަރާމާތު ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ޑެސްކު މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި، މި ސްކޫލުން އެދޭގޮތަށް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ލ. އިސްދޫ ސްކޫލުގެ ލައިބުރަރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރިޚަށް ލ. އިސްދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

26 ޑިސެންބަރު 2016 ވާ (ހޯމަ) ދުވަހުގެ 11:00 އަށް

29 ޑިސެންބަރު 2016 ވާ(ބުރަސްފަތި) ދުވަހުގެ 11:00އަށް

ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6800562 އަދި 9666920 ފޯނާ ގުޅުއްވުން އެދެމެވެ.

18 ޑިސެންބަރު 2016