ތަމްރީނު
ނަންބަރު: (IUL)166-schol/166/2016/128
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 25 ޑިސެންބަރު 2016 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލީ ކުއަން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީ - މާސްޓަރ ޕްރޮގްރާމް

ލީ ކުއަން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީ

މާސްޓަރ ޕްރޮގްރާމް

ޤައުމު:  ސިންގަޕޯރ

މާސްޓަރ

ކޯހުގެ ލެވެލް

- މާސްޓަރ އިން އިންޓަރނޭޝަނަލް އެފެއާޒް

- މާސްޓަރ އިން ޕަބްލިކް ޕޮލިސީ

- މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން

- މާސްޓަރ އިން ޕަބްލިކް މެނޭޖްމަންޓް

ކޯހުގެ ދާއިރާ

1. ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޑް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.)  އަދި

2. ބެޗެލަރސް ޑިގްރީ ހަދާފައިވާ އިނގިރޭސި މީޑީއަމުން ނޫން ކަމުގައިވާނަމަ، IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 7.0 އިން މަތި ލިބިފައިވުން. ނުވަތަ TOEFL ޕޭޕަރ ބޭސްޑް ޓެސްޓުން 600 ށްވުރެ މަތި ނުވަތަ TOEFL އިންޓަރނެޓް ބޭސްޑް ޓެސްޓުން 100 އިން މަތި ލިބިފައިވުން.

3. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް، 25 ޑިސެންބަރު 2016 މި ތާރީޚުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން.

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން.

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ ޚިދުމަތްކުރުމުގެ މުއްދަތެއް ނުގުނޭނެއެވެ.

4. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް  އަނބުރާ މުޅިން ދައްކާ ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ އެއްވެސް ޝަރުޠަކާ ހެދި 'ޑިސްކޮލިފައި'ވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުންނެއެވެ. މި އުސޫލު މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.dhe.gov.mv  ގައި އަޕްލޯޑްކުރެވިފައިވާނެއެވެ.

ކޯހުގެ ޝަރުޠުތައް:

  • މި ޕްރޮގްރާމުތަކަށް ހޮވޭ ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ލީ ކުއަން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގެ ފަރާތުންނެވެ. އަދި ހޮވޭ ފަރާތްތަށް އެނގޭނީ 2017 ވަނަ އަހަރު އޭޕްރީލް މަހުގައެވެ.
  • މި ޕްރޮގްރާމްތަކަށް އެޕްލައިކުރާ ފަރާތްތަކަށް އެ ސްކޫލްއިން ދެއްވާ ފައިނޭޝަނަލް އެއިޑްތަކަށް އެޕްލައިކުރުމުގެ ފުރުޞަތު އޮތްކަމަށް އެފަރާތުން ވަނީ އަންގަވާފައެވެ. ތިރީގައިވާ ލިންކުން މި ކަމާބެހޭ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

http://lkyspp.nus.edu.sg/admissions/money-matters 

  • އެ ސްކޫލްއިން ދެއްވާ ފައިނޭޝަލް އެއިޑްގެ އިތުރުން، ޕްރޮގްރާމުގެ ދަށުން ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުން އަމިއްލައަށެވެ.
  • މި ޑިޕާޓްމަންޓަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮލިފައިވާ ފަރާތްތަކުން ލީ ކުއަން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގެ އޮންލައިން އެޕްލިކޭޝަން 31 ޑިސެންބަރު 2016 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

http://lkyspp.nus.edu.sg/admissions/how-to-apply

  • ލީ ކުއިން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގެ އޮންލައިން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ މުހިންމު ލިޔުންތައް ކަމަށްވާ ރިފަރެންސް ލެޓަރ، އެސޭ، ޕާރސަނަލް ސްޓޭޓްމަންޓް ފަދަ ލިޔުންތަކުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. މި ޑިޕާޓްމަންޓަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮލިފައިވާ ކެންޑިޑޭޓުން މިލިޔުންތައް އޮންލައިން އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭނެއެވެ.

http://lkyspp.nus.edu.sg/admissions/how-to-apply/application-documents-required

  • މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކަށް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މި ކޯހަށް އެދި ހުށަހަޅާ ފަރާތަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ހޮވޭ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެގެން ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުންފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކްލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އަދި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މި ބޮންޑުގެ ދަށުން ސަރުކާރަށް ޚިދުމަތްކުރަން ވާނެއެވެ.
  • ތަޢުލީމީ ސެޓުފިކެޓުތައް (ޑިޕްލޮމާ އަދި އެއަށްވުރެ މަތީ ސެޓުފިކެޓުތައް) ހުންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރެވިފައެވެ. އަދި ބެޗްލާރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ، އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައި ވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ.
  • މި އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހަމައަށް ހުށަނާޅާނަމަ، އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.
  • މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެ ފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެ ކަމުގައި ދަންނަވަމެވެ.
  • މި ކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ނޮމިނޭޝަން ލިސްޓް، މި ޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ.
  • މި އިޢުލާނުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ސެޓުފިކެޓުތައް އެޓެސްޓް ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އިޢުލާންގެ ސުންގަޑި ހަމަވުމުގެ 1 ދުވަސް ކުރިން އެޓެސްޓް ކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ މި ޑިޕާޓްމަންޓުގެ ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެ މީހަކު ވަޒީފާ އަދާކުރާ ސަރުކާރު އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު)  އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށް ވާނަމަ ދެފުށް ކޮޕީ ނުނަގާ އެޓެސްކޮށްފައިވާ ސެޓުފިކެޓުތަކާއި، އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ގަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސި ބަހުންނެވެ.) 

  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެ އޮތޯރިޓީން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެ ސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަމާއި، މަޤާމާއި، ތާރީޚު އޮންނަންވާނެއެވެ. އެހެން މީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުން ކުރާ އެޓެސްޓޭޝަންތައްވެސް ހުންނަންވާނީ މިފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

  • ބެޗްލަރސް ޑިގްރީ ހަދާފައިވަނީ އިނގިރޭސި މީޑިއަމުން ކަން އަންގައިދޭ ލިޔުން. ނުވަތަ

  • ބެޗުލަރސް ޑިގްރީ ހަދާފައިވަނީ އިނގިރޭސި މީޑިއަމުން ނޫން ކަމުގައިވާނަމަ IELTS/ TOEFL ސެޓުފިކެޓު.

  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، ބޮންޑުކުރި ފަރާތުން އެ މީހަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، މި އިޢުލާނުގެ ކޯހުގެ ޝަރުޠު ހިމެނޭ ބައިގެ ޝަރުޠު ނަންބަރު 3 ގައި ބަޔާންކޮށްފައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ރަސްމީ ލިޔުން / ލިޔުންތައް.

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341380 / 3341307 ނަންބަރު ފޯނުން ލިބޭނެއެވެ.

18 ޑިސެންބަރު 2016