މަސައްކަތް
ނަންބަރު: (IUL)299/299/2016/67
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:19
ސުންގަޑި: 28 ޑިސެންބަރު 2016 10:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ވާދޫގައި ކުނި މެނޭޖުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ވާދޫ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ވާދޫގައި ކުނި މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ޖަނަވަރީ 02 ވާ ހޯމަދުވަހުގެ ހެނދުނު 10:00  އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އެދި އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު، (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހަޅާއިރު، ރަޖިސްޓަރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

‏20‏ ރަބީޢުލްއައްވަލް‏ 1438

19 ޑިސެންބަރު 2016