ކުއްޔަށް ހިފުން
ނަންބަރު: (IUL)447-PR/1/2016/81
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 29 ޑިސެންބަރު 2016 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްއިން ރ.ކިނޮޅަހުގައި ކުރަމުންދާ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރ ކ.ތިލަފުށިން، ރ.ކިނޮޅަހަށް ގެންދިއުމަށް ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓުފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)

ށ- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މި ބާވަތުގެ މަސައްތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިއުން.)

އަންދާސީހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފުސީލު

ހ- އަގު: 70 ޕޮއިންޓް

  ޕޮއިންޓް =  {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު) x 70}       

ށ- މަސައްކަތު ތަޖުރިބާ: 10

   ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5

   ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05

   ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10

ނ- ޑެލިވަރީ މުއްދަތު = 20 ޕޮއިންޓް

ޕޮއިންޓް =  {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު) x 20}  

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

23 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016