ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2016/129
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 05 ޖަނަވަރީ 2017 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމުކުރާ ކައުންސިލުގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުމަށް މިނިސްޓްރީގެ ނަންބަރު: (IUL)23-MAHC/23/2016/117 (20 ނޮވެންބަރު 2016) އިޢުލާނާ ގުޅުގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން، ތިރީގައި ދަންނަވާ ދާއިރާއަށް ހުށަހަޅުއްވާފައިނުވުމުން، ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމުކުރާ ކައުންސިލުގެ މެމްބަރުންނަށްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލްގެ މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 46 ވަނަ މާއްދާއާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔާތުތައް

ބޭނުންވާ ދާއިރާ

ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގައިވާ މެންބަރު (ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް)

ބޭނުންވާ އަދަދު

1

ތައުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ތަޢުލީމު (ޤާނޫނީ/ޝަރީޢާގެ ދާއިރާއިން ހޯދާފައިވާ ސެޓުފިކެޓު

ޑިޕްލޮމާ ފެންވަރު – 25 މާކްސް

ޑިގްރީ ފެންވަރު – 40 މާކްސް

މާސްޓަރސް ފެންވަރު – 50 މާކްސް

ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް

މަސައްކަތުގެ ތަޖުރިބާ (ޤާނޫނީ/ޝަރީޢާގެ ދާއިރާގައި ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް

ބޭނުންވާ ދާއިރާ

ޤާނޫނުގެ 42 ވަނަ މާއްދާގެ (ޅ) ގައިވާ މެންބަރު (ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް)

ބޭނުންވާ އަދަދު

1

ތައުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ތަޢުލީމު (ޞިއްޙީ ދާއިރާއަކުން ހޯދާފައިވާ ސެޓުފިކެޓު)

ޑިޕްލޮމާ ފެންވަރު – 20 މާކްސް

ޑިގްރީ ފެންވަރު – 30 މާކްސް

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރު – 40 މާކްސް

މާސްޓަރސް ފެންވަރު – 50 މާކްސް

ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް

މަސައްކަތުގެ ތަޖުރިބާ (ޕަބްލިކް/ޕްރައިވެޓް ސެކްޓަރުގައި ޞިއްޙީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު) 

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް

މަޤާމަށް ކުރިމަތިލާ  މެންބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލްގެ މެމްބަރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި، މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް)
  3. މެންބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް (މަސައްކަތްކުރި ތަނާއި ކުރި މަސައްކަތާއި މުއްދަތު އެނގޭގޮތަށް)
  4. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ (މިސާލު: ވަކާލާތު ކުރުމުގެ ހުއްދަ)
  5. އިޤުރާރު (އިޤުރާރު ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރާއި، މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން   (www.health.gov.mv) ލިބެން ހުންނާނެ)
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  7. ވަނަވަރު

ސުންގަޑި

2017 ޖަނަވަރީ 05 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected]   އަށް ފޮނުއްވައިދެއްވުން (އީމެއިލް އިން ހުށަހަޅާ އެޕްލިކޭޝަންތަކައް މިނިސްޓްރީން ލިބުނުކަން އަންގާނެކަން ދަންނަވަމެވެ. ނަމަވެސް، މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުނުތޯ ބެއްލެއްވުން އެދެމެވެ.)

އިތުރު މަޢުލޫމާތު

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި، ގެޒެޓުން ބެލެން އޮނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަން.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014337، 3014468 ، 3014480 އެވެ.

19 ޑިސެންބަރު 2016