މަސައްކަތް
ނަންބަރު: ADMHR-MPL/2016/156
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 08 ޖަނަވަރީ 2017 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށްދެއްވާނެ ފަރާތެއް ހޯދުން

އިޢުލާން

ފޮޅައި ސާފުކޮށް ދެއްވާނެ ފަރާތެއް ހޯދުން

މި ކުންފުނީގެ މައި ޢިމާރާތާއި މި ކުންފުނިން ބަލަހައްޓާ ބައެއް ތަންތަން ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު ADMHR-MPL/2016/156 (23 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބުތައް ހުށަހެޅި ފަރާތްތަކުގެ އަގުބޮޑުކަމަށް ފެންނާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 02 ވާ ހޯމަދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 08 ވާ އާދީއްތަ ދުވަހުގެ 14:00 އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޒިރުވެ ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ.

23 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016