ވަޒީފާގެ ފުރުޞަތު
ނަންބަރު: (ILU)56-CAS/1/2016/29
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 29 ޑިސެންބަރު 2016 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޕްރޮގްރާމް ކޯޑިނޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:

ޕްރޮގްރާމް ކޯޑިނޭޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

MS3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގުރޭޑް 2

މުސާރަ:

މަހަކު -/12،336 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ރަމަޟާންމަހު ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އެލަވަންސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

އެމެރިކަން ސެންޓަރ މޯލްޑިވްސް، ޤައުމީ ކުތުބުޚާނާ

ސެކްޝަން:

އެމެރިކަން ސެންޓަރ މޯލްޑިވްސް

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ސޯޝަލް ސައިންސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ސޯޝަލް ސައިންސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.         

ނޯޓު: އެމެރިކާއާ ގުޅޭ އާންމު މަޢުލޫމާތު ހުރި ފާރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1. ކަލެކްޝަންތައް ބަލަހައްޓާ ޝެލްފް ތަރުތީބުކުރުން.

2. ކަސްޓަމަރުން ހޯދަން އެދޭ މަޢުލޫމާތުތަކާއި، އެމެރިކަން ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތައް، މެމްބަރޝިޕް ރެޖިސްޓްރޭޝަނާއި، އެހެނިހެން މުހިންމު ސްޓެޓިސްޓިކްސް ޝީޓް އެކުލަވައިލުމުގެ މަސައްކަތްކުރުވުމާއި، މިގޮތުން ލިބޭ މަޢުލޫމާތު ރިކޯޑުކުރޭތޯ ބަލައި، އެނަލައިޒްކުރުން.

3. ކަސްޓަމަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލުކުރުން.

4. ދިވެހިރާއްޖޭގެ ނޫސްތަކުގެ މީޑިއާ ސަމަރީ ހެދުން.

5. މާލެއާއި އަތޮޅުތެރޭގައި ހިންގާ އެމެރިކަން ސެންޓަރުގެ ހަރަކާތްތައް ކޯޑިނޭޓްކޮށް ހިންގުން.

6. ޔޫއެސް އެމްބަސީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އައު ޕާޓްނަރުން ހޯދައި، އެ ހަރަކާތްތައް ޢަމަލީގޮތުން ހިންގުން.

7. އެމެރިކަން ސެންޓަރުގެ ގްރާންޓްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމާއިި، މޮނިޓަރ ކުރުން. 

8. އެމްބަސީގެ ލަނޑުދަނިތަކާ އެއްގޮތަށް ސަރުކާރުގެ އިދާރާތަކާއި އެންޖީއޯތަކާ ގުޅުން ބަދަހިކުރުން.

9. އެމެރިކަން ސެންޓަރުގެ ކޮންޓެކްޓް ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

10. ޔޫއެސް އެމްބަސީގެ މިޝަނާއި ވިޝަނާ އެއްގޮތަށް ކަލްޗަރަލް ޕްރޮގްރާމްތައް ޕްރޮމޯޓްކޮށް، އެންމެހައި ލޮޖިސްޓިކް ކަންތައް ބެލެހެއްޓުން.

11. ޕަބްލިކް އެފެއާޒް އޮފީހުން އަންގާގޮތެއްގެމަތިން އެމެރިކަން ސެންޓަރުން ހިންގާ ކަލްޗަރަލް ޕްރޮގްރާމްތަކާއި، އެޑިއުކޭޝަނަލް ޕްރޮގްރާމްތަކާއި، ސޯޝަލް ޕްރޮގްރާމްތަކުގެ ރިޕޯޓް ފޮނުވުން.

12. ޔޫއެސް ގަވަމެންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

13. އެޑިޔުކޭޝަން ޔޫ އެސް އޭ ގެ އިމްތިޙާނުތައް އޮންނަ ދުވަސްތަކުގައި ސުޕަވައިޒްކުރުމާއި އެހީތެރިވެދިނުން.

އިންޓަވިއު:

- މި މަޤާމުގެ އިންޓަވިއު، އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، ޤައުމީ ކުބުޚާނާގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއާއި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 5 ފަރާތާއެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓު:

- މި މަޤާމަށް ޝަރުޠު ހަމަވާ މީހުން ހޮވުމުގައި، މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ހޮވޭ މުވައްޒަފުން މަސައްކަތްކުރަން ޖެހޭނީ، ހެނދުނު 9:00 އާއި 18:00 އާ ދެމެދު، ޤައުމީ ކުތުބުޚާނާއިން ކަނޑައަޅާ ޑިއުޓީއަކަށް، އެއްގަޑިއިރުގެ ބްރޭކަކާއެކު، ދުވާލަކު 7 ގަޑިއިރުއެވެ. މަސައްކަތްކުރަންޖެހޭ ދުވަސްތައް ކަނޑައެޅޭނީ، އެމެރިކަން ސެންޓަރުގެ ޕްރޮގްރާމް ކަލަންޑަރާ އެއްގޮތަށެވެ. މި މަޤާމަށް ހޮވޭ މުވައްޒަފަކީ، ބަންދު ދުވަސްތަކުގައި ވަޒީފާއަށް ނުކުމެވޭނެ މުވައްޒަފަކަށް ވާންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްތުގެ ތަޖުރިބާ  ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

އެޕްލިކޭޝަން ހުށަހަޅަންވީ ތަން:

ޤައުމީ ކުތުބުޚާނާ (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ އިމާރާތް)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3323944 ނަންބަރު ފޯނަށެވެ. ގުޅާނީ، ރަސްމީ ގަޑީގައެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016