ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ ފަރާތުން ދޭ މައުލޫމާތާ އެއްގޮތަށް އެމް.ޑަބްލިޔު.އެސް.ސީއަށް ކަނޑުމަގުން ގެންނަ ޝިޕްމަންޓްތައް އެމް.ޕީ.އެލް އިން ކްލިއަރކޮށްގެން އެމް.ޑަބްލިޔު.އެސް.ސީ މާލެ، ވިލިނގިލި، ހުޅުމާލެ، ގުޅީފަޅުގެ ސައިޓުތަކަށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެވޭނީ، ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/300 ރުފިޔާއެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 22 ޑިސެންބަރު 2016 އިން 27 ޑިސެންބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 2016 ޑިސެންބަރު 28 ވަނަ ދުވަހުގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލައިންނެވެ.
ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 2 ވަނަ ދުވަހު 10:00 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ، 2017 ޖަނަވަރީ 5 ވަނަ ދުވަހުގެ 11:00 އެވެ.