ވަޒީފާގެ ފުރުޞަތު
ނަންބަރު: (ILU)56-CAS/1/2016/30
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 02 ޖަނަވަރީ 2017 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ލައިބްރޭރިއަން

             އިޢުލާން              

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:

ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

ޤައުމީ ކުތުބުޚާނާ، މާލެ

ސެކްޝަން:

ކަލެކްޝަން އެންޑް ސަރވިސަސް ސެކްޝަން، ލައިބްރަރީ ސަރވިސް ޔުނިޓް

މަޤާމުގެ ޝަރުޠު:

1. ލައިބްރަރީގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ލައިބްރަރީގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ލައިބްރަރީގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓް: ލައިބްރަރީ ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1. ކަލެކްޝަންތައް ބަލަހައްޓަންތިބޭ މުވައްޒަފުންގެ މަސައްކަތް (ޝެލްފް ތަރުތީބުކުރުމާއި، ހަވާލުކޮށްފައިވާ އެހެން މަސައްކަތް، މިސާލަކަށް އިންޑެކްސްކުރުން) ދުވަހުން ދުވަހަށް ސުޕަވައިޒްކުރުން.

2. ކަސްޓަމަރުން ހޯދަންއެދޭ މަޢުލޫމާތުތަކާއި، ލައިބްރަރީއަށް ޒިޔާރަތްކުރާ ފަރާތްތައް، މެމްބަރޝިޕް ރެޖިސްޓްރޭޝަން އަދި އެހެނިހެން މުހިންމު ސްޓެޓިސްޓިކްސް ޝީޓް އެކުލަވައިލުމުގެ މަސައްކަތްކުރުވައި، ލިބޭ މަޢުލޫމާތު ރިކޯޑުކުރޭތޯ ބަލައި، އެނަލައިޒްކޮށް، ޔުނިޓު ހެޑާ ހިއްސާކުރުން.

3. ކަސްޓަމަރުންނަށް މަޢުލޫމާތު ހޯދައިދިނުމަށްޓަކައި އޯޕެކްގެ އެހީގައްޔާއި އެހެނިހެން ގޮތްގޮތުން ކަސްޓަމަރުންނަށް ލަފާދީ މަޢުލޫމާތު ހޯދައިދިނުމުގައި އެހީތެރިވުުން.

4. އިންޓަނެޓް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

5. ކަސްޓަމަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ވަގުތުން ޙައްލުނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ، ޔުނިޓްގެ ހެޑަށް އަންގައި، އެކަން ޙައްލުކޮށް، އޭގެ ރިކޯޑް ބެލެހެއްޓުން.

6. ލައިބްރަރީ އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.

އިންޓަވިއު:

- މި މަޤާމުގެ އިންޓަވިއު، އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، ޤައުމީ ކުބުޚާނާގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއާއި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ނޯޓު:

- މި މަޤާމަށް ޝަރުޠު ހަމަވާ މީހުން ހޮވުމުގައި، މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި  މަޤާމަށް  ހޮވޭ  މުވައްޒަފުން  މަސައްކަތްކުރަން  ޖެހޭނީ،  ހެނދުނު  9:00 އާއި 18:00 އާ  ދެމެދު،  ޤައުމީ  ކުތުބުޚާނާއިން  ކަނޑައަޅާ ޑިއުޓީއަކަށް، ދުވާލަކު 6 ގަޑިއިރުއެވެ. އަދި އެ މުވައްޒަފުން ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާންޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލުމާތު  ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު،  ޤައުމީ  ކުތުބުޚާނާގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި  މި  ކުތުބުޚާނާގެ www.nlm.gov.mv  ގެ  ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

2017 ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

އެޕްލިކޭޝަން ހުށަހަޅަންވީ ތަން:

ޤައުމީ ކުތުބުޚާނާ (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ އިމާރާތް)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3323944 ނަންބަރު ފޯނަށެވެ. ގުޅާނީ، ރަސްމީ ގަޑީގައެވެ.

21 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016