ދިވެހިރާއްޖެ
އިޢުލާނު
1 އަހަރުދުވަހުގެ މުއްދަތަށް އިންޓަނެޓް ކަނެކްޝަން ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ކޮމިޝަނުގެ އިދާރާގައި އިންޓަރނެޓްގެ ޚިދުމަތް ބޭނުންކުރާ ނިސްބަތް އިތުރުވުމާ ގުޅިގެން ޚިދުމަތުގެ ސްޕީޑް މަތިކުރުމަށް ބޭނުންވާތީ، މި ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: 196/A)AB-2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އެ ޚިދުމަތް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
26 ޑިސެންބަރު 2016 |
ހޯމަ |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
28 ޑިސެންބަރު 2016 |
ބުދަ |
14:00 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
22 ރަބީޢުލްއައްވަލް 1438