މަސައްކަތް
ނަންބަރު: (IUL)23-AP/23/2016/132
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:53
ސުންގަޑި: 28 ޑިސެންބަރު 2016 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯއާއި ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯއާއި، ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/23/2016/121 (05 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން  އަންދާސީހިސާބު ހުށަހެޅުއްވުމަށް ތިން ފަރާތުން ވަޑައިގެންފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.

ވީމާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ވެބްސައިޓާއި، ލޯގޯ ފަރުމާކުރުމުގެ މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 04 ވާ ބުދަދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ވެބްސައިޓް ފަރުމާކުރުމާއި ލޯގޯ ފަރުމާކުރުމަކީ ވަކި ދެ މަސައްކަތެއްކަމުގައިވާތީ މި ދެ މަސައްކަތަށް ވަކި ދެ އަންދާސީހިސާބުގެ ގޮތުގައި ހުށަހެޅުއްވުން އެދެމެެވެ.

20 ޑިސެންބަރު 2016