ތަމްރީނު
ނަންބަރު: (IUL)141-MNIS-A/1/2016/150
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:30
ސުންގަޑި: 12 ޖަނަވަރީ 2017 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކިޔަވައިދޭނެ އިންސްޓްރަކްޓަރެއް ބޭނުންވެއްޖެ

ކިޔަވައިދޭނެ އިންސްޓްރަކްޓަރެއް ބޭނުންވެއްޖެ

މި މަރުކަޒުން 2017 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާއިން ސްޕޯޓްސް މެނޭޖްމަންޓް ކޯހުގައި މި މަރުކަޒުން ދޭ ކަރިކިއުލަމާ އެއްގޮތަށް މެޓީރިއަލް ތައްޔާރުކޮށް ކިޔަވައިދެއްވާނެ އިންސްޓްރަކްޓަރުން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ މޮޑިއުލްތަކުގެ ތެރެއިން އެފަރާތަކަށް ނަންގަވައިދެވޭނެ މޮޑިއުލްތައް ވަކިވަކިން އެނގޭނެ ގޮތަށް ހުށަހަޅުއްވައިދެއްވުން އެދެމެވެ.

ކޯހުގެ ނަން:ޑިޕްލޮމާއިން ސްޕޯޓްސް މެނޭޖްމަންޓް

ކިޔަވައިދެއްވަން ޖެހޭ ގަޑީގެ އަދަދު: 50

 

އެލަވަންސް : ކިޔަވައިދިނުމަށް ގަޑިއަކަށް -/250 ރ (ދުއިސައްތަ ފަންސާސް ރުފިޔާ)

 ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ހ.ބޯޅަގެ)

ކޯހުގެ މޮޑިއުލް:

1- ބިޒްނަސް ސްޓްރޭޓްޖީ އިން މެނޭޖްމަންޓް އެންޑް ސްޕޯޓްސް

2- މެނޭޖިންގ ޕީޕަލް އިން ސްޕޯޓްސް އޯގަނައިޒޭޝަން

3- މާކެޓިންގ އެންޑް ޕްރޮމޯޝަންސް އިން ސްޕޯޓްސް

4- ސްޕޯޓްސް ޑިވެލޮޕްމަންޓް

5- ކަސްޓަމަރ ކެއަރ އެންޑް ސަރވިސް ކޮލިޓީ

6- ހެލްތު ޕްރޮމޯޝަން އެންޑް ފިޓަނަސް

7- ޓެކްނޮލޮޖީ އިން ސްޕޯޓްސް

8- ލީޑަރޝިޕް އިން ސްޕޯޓްސް

ޝަރުތު: ސްޕޯޓްސް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ތަޢުލީމީ ސެޓުފިކެޓުތައް (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)

- އިންސްޓްރަކްޓަރ ސީވީ

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ފެންނާނެހެން، ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭ ފަދަ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރައަކުން ދޫކޮށްފައިވާ ލިޔުން

 

19 ޑިސެންބަރު 2016