ކުއްޔަށް ދިނުން
ނަންބަރު: (IUL)22-TF/1/2016/301
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:19
ސުންގަޑި: 12 ޖަނަވަރީ 2017 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުވެހި ޢިމާރާތުން ހުސްވެފައިވާ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު IUL)22-TF/1/2016/246) (6 ޑިސެންބަރު 2016)  އިޢުލާނާ ގުޅިގެން އެދުރުވެހި ޢިމާރާތުން ހުސްވެފައިވާ ފްލެޓްތަކަށް އެދޭ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ ފޯމާއެކު ހުންނަންޖެހޭ ލިޔުންތައް ހަމަކުރެއްވުމަށް އިތުރު ވަގުތު ބޭނުންފުޅުވާ ކަމަށް އެދިވަޑައިގަންނަވަމުން ގެންދަވާތީ، އެދުރުވެހި ޢިމާރާތުން ހުސްވެފައިވާ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅުއްވުމުގެ މުއްދަތު 2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

ވީމާ، އެދުރުވެހި ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން "އެދުރުވެހީގެ ފްލެޓަށް އެދޭ ފޯމް" މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރައްވައިގެން ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 14:00 އަށް، ތަޢުލީމީ ފަންޑުގެ އިދާރާ/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ ޢިމާރާތުގެ 9 ވަނަ ފަންގިފިލާގެ ކައުންޓަރަށް ވަޑައިގެން "އެދުރުވެހީގެ ފްލެޓަށް އެދޭ ފޯމު" ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

20 ޑިސެންބަރު 2016