ދިވެހިރާއްޖެ
އިޢުލާން
ރުއްގަސްތަކެއްގެ ވެރިފަރާތެއް ވޭތޯ ބެލުން
މި އިދާރާގެ ނަންބަރު: (IUL)305/305/2016/117 (04 ޑިސެންބަރު 2016) އާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައި ނުވާތީ، އަލުން އެ ރުއްގަހުގެ ވެރިން ހޯދުމަށް އިޢުލާން ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ތިރީގައި ދެންނެވިފައިވާ ސަރަހައްދުތަކުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ. މި ރުއްގަހުގެ ވެރިން ހޯދުމަށް މީގެ ކުރިންވެސް ވަނީ އިޢުލާނު ކުރެވިފައެވެ.
- ރ.މާކުރަތު ޖަހާމުގުރިގެ އަމީނާ އާދަމަށް ދޫކުރެވިފައިވާ ގޯތިތެރޭގައި ހުރި 211 ނަންބަރު ޖަހާފައިވާ 1 ގަސް މިދިލި.
- ރ.މާކުރަތު ފެންބޯހުރާ ޢާއިޝަތު ޝާޢިރާއަށް ދޫކުރެވިފައިވާ ގޯތިތެރޭގައި ހުރި 219 ނަންބަރު ޖަހާފައިވާ 1 ގަސް މިދިލި.
- ރ.މާކުރަތު ފެންބޯހުރާ ޢާއިޝަތު ޝާޢިރާއަށް ދޫކުރެވިފައިވާ ގޯތިތެރޭގައި ހުރި 220 ނަންބަރު ޖަހާފައިވާ 1 ގަސް މިދިލި.
- ރ.މާކުރަތު ފެންބޯހުރާ ޢާއިޝަތު ޝާޢިރާއަށް ދޫކުރެވިފައިވާ ގޯތިތެރޭގައި ހުރި 221 ނަންބަރު ޖަހާފައިވާ 1 ގަސް މިދިލި.
- ރ.މާކުރަތު ފޮނިފޮނިމާގެ ނަޖުމާ މުހައްމަދަށް ދޫކުރެވިފައިވާ ގޯތިތެރޭގައި ހުރި 223 ނަންބަރު ޖަހާފައިވާ 1 ގަސް މިދިލި.
- ރ.މާކުރަތު އަލިގައު މުހައްމަދު ފައިސަލަށް ދޫކުރެވިފައިވާ ގޯތީގެ އުތުރަށް އޮތް މަގުމަތިގައި ހުރި 227 ނަންބަރު ޖަހާފައިވާ 1 ރުއް.
- ރ.މާކުރަތު ނޫވިލާގެ މުޙައްމަދު ޙުސައިނަށް ދޫކުރެވިފައިވާ ގޯތީގެ ދެކުނުން އޮތް މަގުމަތީގައި ހުރި 91 ނަންބަރު ޖަހާފައިވާ 1 ގަސް މިދިލި.
- ރ.މާކުރަތު ނޫވިލާގެ މުޙައްމަދު ޙުސައިނަށް ދޫކުރެވިފައިވާ ގޯތީގެ ހުޅަނގުން އޮތް މަގުމަތީގައި ހުރި ނަންބަރު 241 ޖަހާފައިވާ 1 ގަސް މިދިލި.
ވީމާ، މަތީގައި ދެންނެވިފައިވާ ތަކެތީގެ ތެރޭގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ހުރިނަމަ، އެއީ ކޮން ފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެނގޭނޭ ގޮތަށް އެ ރުކެއްގައި، އެ ގަހެއްގައި މި އިދާރާއިން ޖަހާފައިވާ ނަންބަރު (22 ޑިސެންބަރު 2016) ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މި މުއްދަތުގެ ތެރޭގައި ވެރިފަރާތެއްގެ މަޢުލޫމާތު ލިބިފައިނުވާ ތަކެތި ހަމަޖެހިފައިވާ އުސޫލުން ބިންވެރި ފަރާތުގެ ތަކެތީގެ ގޮތުގައި ބަލައި ނައްތާލުމުގެ މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
16 ރަބީޢުލްއައްވަލް 1438