ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން:
މި މަރުކަޒުގެ ނަންބަރު GSO5-C/SC/2016/05 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގަައި މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މި މަރުކަޒުގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިއިން ކޮންމެ މަސައްކަތަކަށްވެސް އަންދާސީހިސާބު ހުށަހަޅަންވާނީ ވަކިވަކިންނެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓީންގ ރޫމް |
22 ޑިސެންބަރު 2016 |
ބުރާސްފަތި |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓީންގ ރޫމް |
26 ޑިސެންބަރު 2016 |
ހޯމަ |
13:00 |
މި މަރުކަޒުގައި ކުރަން ރާވާފައިވާ މަސައްކަތްތައް
- ދަރިވަރުންގެ 3 ފާޚާނާ މަރާމާތްކުރުން
- 4 ކުލާސް އިމާރާތުގެ އަސްކަނި މަރާމާތްކުރުން، ނަލަފިލާ ބަދަލުކުރުން، ކުކުޅުވަހި މަރާމާތުކުރުމާއި އަންޑަރކޯޑުލުމަށްފަހު ދަވާދު/ކުލަ ލުން
- 2 ބުރި އިމާރާތުގެ އަސްކަނި މަރާމާތުކުރުން
އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް
# |
ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގަށް |
65 |
2 |
މަސައްކަތުގެ މުއްދަތަށް |
25 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
5 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
5 |
|
ޖުމްލަ: (ސަތޭކަ) |
100 |
ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން، އެ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެ ކުންފުންޏެއްގެ ނުވަތަ އަމިއްލަ ފަރާތުގެ ސިޓީއެއް އެބޭފުޅަކާއެކު ފޮނުވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.