|
މަޤާމުގެ މަސްއޫލިއްޔަތު:
|
ޢާންމު މަސައްކަތްތައް:
- މާކެޓިންގ ސްޓްރެޓަޖީތަކާއި ޕްލޭންތައް އެކުލަވައިލައި، މެނޭޖްކޮށް، ރޭވުމާ އެއްގޮތަށް ބަޖެޓުގެ ތެރޭގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮފެޝަނަލްކޮށް ޕްލޭން ތަންފީޒުކުރުން.
- މާކެޓިންގ މަސައްކަތްތައް ތަންފީޒުވާވަރު ބެލެހެއްޓުމާއި، ހަވާލުކުރުމާއި، ޔުނިވަރސިޓީގެ މާކެޓިންގެ ލަނޑުދަނޑިތައް ހާސިލުކުރެވޭފަ ހުނަރުވެރި ޤާބިލު ޓީމެއް އުފެއްދުމަށް އެހީތެރިވުން.
- ޔުނިވަރސިޓީއާ ދޭތެރޭ މީހުން ދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކްކުރުން.
- ޔުނިވަރސިޓީގެ މީޑިއާތަކުގައި ބޭނުންކުރާނޭ އިވެންޓްތަކާއި ތަންތަނާއި މީހުންގެ ފޮޓޯއާއި ކުރެހުމާއި ލިޔުމުގެ ލައިބްރަރީއެއް އެކުލަވައިލައި ކެޓެލޮގްކޮށް ބެލެހެއްޓުން.
- މީޑިއާއާއި ޕަބްލިކް ރިލޭޝަންސް
- ޔުނިވަރސިޓީއާމެދު މީހުން ހޭލުންތެރިކުރުމާއި، ޔުނިވަރސިޓީއާމެދު މީހުންގެ ރުހުމާއި މަޤްބޫލުކަން އިތުރުކޮށް، ރާއްޖޭގެ އެންމެ ފުރަހާދަ ތަޢުލީމީ ތަންކަމަށް އާންމުން ދެކޭނެ ތަނެއްގެގޮތުގައި ހެދުން.
- މާކެޓިންގއާއި ކޮމިޔުނިކޭޝަންސް
- ޔުނިވަރސިޓީގެ ބްރޭންޑިންގ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތްކޮށް، ފެކަލްޓީ ސެންޓަރުތަކަށް އެކަށީގެންވާ ބްރޭންޑް އައިޑެންޓިޓީއެއް ހަދައި، އައިޑެންޓިޓީ އިތުރަށް ތަރައްޤީކުރުން.
- ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން ފެކަލްޓީ ސެންޓަރުތަކުގައި މާކެޓްކުރުމުގެ ހުނަރުވެރިކަން އިތުރުކުރުމާއި، އަލަށް ފަށާ ކޯސްތަކާއި ޕްރޮގްރާމުތައް މާކެޓް ރިސާރޗަށް ބިނާކުރުން.
- ޔުނިވަރސިޓީގެ މާރކެޓިންގ ޕޯޓްފޯލިއޯ ތަރައްޤީކުރުމުގައްޔާއި މާކެޓިންގގެ ޕްލޭނުތައް ހެދުމުގައި ފެކަލްޓީތަކާއި ސެންޓަރުތަކުގެ އިސްވެރިންގެ ލަފައާއި އިރުޝާދު ހޯދުން.
- ޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިންތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި، ޔޫޓިއުބް ޗެނަލް ބަލަހައްޓާ އަޕްޑޭޓްކުރާ އިސް ފަރާތުގެގޮތުގައި ހަރަކާތްތެރިވުން.
- ޝާއިޢުކުރުން ބެލެހެއްޓުން
- ޔުނިވަރސިޓީގެ ނިއުސްލެޓަރތަކާއި ސްޕެޝަލް އިވެންޓް ލިޔުންތައް އުފެއްދުން މެނޭޖްކޮށް، އެ ތަކެތި ބެހުން.
- ޚާއްޞަ އިވެންޓްތައް
- ޔުނިވަރސިޓީ މާކެޓްކުރުމުގެ މަޤްޞަދު ހިމެނޭ ޙަފްލާތަކާއި، ފެއަރތަކާއި، އޯޕަން ޑޭތަކާއި، މައުރަޒު ފަދަ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރުން.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2017 ޖަނަވަރީ 02 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/images/downloads/Job%20Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
|
ނޯޓު:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
|