މަސައްކަތް
ނަންބަރު: GS183/IL/2016/25
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 21 ޑިސެންބަރު 2016 12:00
ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އާ ހަމައަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 12:00 ގައި މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 26 ވާ އަންގާރަދުވަހުގެ 13:00 ގައި މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ފަރާތަކަށް ކޮންމެވެސް 1 ފަރާތެއްގެ ނަމުގައެވެ.

މިހެންވެ މިކަން އަންގައި އިޢުލާނުކުރަމެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016