ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ސަޕޯޓް ސްޓާފް
ޑިޕާޓްމަންޓް: ޓްރާންސްޕޯރޓް އެންޑް މެއިންޓެނަންސް
މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލޭ ހޮސްޕިޓަލުގެ ޓްރާންސްޕޯޓް
ތަޢުލީމާއި ތަޖުރިބާ:
1. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ B1, ކެޓަގަރީގެ ލައިސަންސް ލިބިފައިވުން.
2. މަޤާމާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. އުޅަނދުފަހަރު ދުއްވުން.
2. ބަލިމީހުންނާއި ތަކެތި އެމްބިއުލެންސްއަށާއި އެހެނިހެން ވެހިކަލްތަކަށް އަރުވައި ބޭލުމުގައި އެހީތެރިވެދިނުން.
3. ހޮސްޕިޓަލުގެ ވެހިކަލްތަކުގެ ދަތުރުތަކާއި ތެލުގެ ހިސާބުތައް ލޮގު ފޮތުގައި ލިޔެ ބެލެހެއްޓުން.
މުސާރައާއި ޢިނާޔަތް:
ހުޅުމާލޭ ހޮސްޕިޓަލުގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން.
ކުރިމަތިލުމުގެ ސުންގަޑި:
2016 ޑިސެންބަރު 29 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން.
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހަށް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް) ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލުގެ www.hmh.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
1. ވަޒީފާއަށް އެދޭ ފޯމު.
2. ސީވީ.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
- ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، ހުޅުމާލެ ހޮސްޕިޓަލުގެ 3011469 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
16 ރަބީޢުލްއައްވަލް 1438