ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2016/255
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 27 ޑިސެންބަރު 2016 14:00
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ސީނިއަރ ފޯމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ ސީނިއަރ ފޯމަންގެ މަޤަމަށް މީހަކު ހޯދުމަށްޓަކައި 7 އޮގަސްޓު 2016 ގައި ކޮށްފައިވާ 146-A1/2016/172 ނަންބަރުގެ އިޢުލާނު ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ސީނިއަރ ފޯމަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 4

މަޤާމުގެ ރޭންކް:

އެސް. އެސް. 4

އަސާސީ މުސާރަ:

މަހަކު -/4،340 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ޕްރޮކިއުމަންޓް، ސްޓޮކް އެންޑް މެއިންޓެނަންސް ސެކްޝަން / ފެމިލީ ކޯޓު

 

 

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ،

- ލިވިންގ އެލަވަންސް: މަހަކު -/2،700 ރުފިޔާ،

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 (މަހަކު)

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

އަސާސީ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ސެޓުފިކެޓު 2 ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަސައްކަތުގެ   ފެންވަރު   ބެލުމުގެ   ނިޒާމުން   ވަޒީފާގެ   ކުރިއެރުން   ޙައްޤުވާ   މާކުހެއް ލިބެމުންދިޔުމާއެކު، އެސް. އެސް. 3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

މައިގަނޑު މަސްއޫލިއްޔަތު:

 

 

- ކޯޓުގެ އިމާރާތް ޗެކްކޮށް، މަރާމާތަށް ބޭނުންވެފައިވާ ތަންތަން ފާހަގަކޮށް، ސުޕަވައިޒަރުގެ ޢިރުޝާދާއެކު މަރާމާތުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

- ކޯޓުތެރެ ފޮޅައި ސާފުކުރުމުގެ ކަންކަން ބެލެހެއްޓުމާއި، ކޯޓުތެރޭގެ ސާފުތާހިރުކަން ކަށަވަރުކުރުން.

- އެކިއެކި އޮފީސްތަކަށް ފޮނުވޭ ސިޓީއާއި، މެސެޖާއި، ރިޕޯޓާއި، ލިޔުންފަދަ ތަކެތި އެފަރާތްތަކަށް ގެންދިއުން.

- ކޯޓު އަމުރު ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.

- ކޯޓުގެ މެއިންޓެނެންސް މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

- މަތީގައިވާ ކަންކަމުގެ އިތުރުން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް.

 

 

 

 

 

 

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ www.familycourt.gov.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ. (ސެޓުފިކެޓް ލެވެލުން މަތީ ސެޓުފިކެޓުތައް ހުށަހަޅަންވާނީ، އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

- ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ފޯމު ހުށަހަޅަންޖެހޭނީ، ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން)

- ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލްކުރެވޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

27 ޑިސެންބަރު 2016 ގެ 14:00 ކުރިން.

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފަރާތްތަކުގެ ފޯމުތައް ކެންސަލް ކުރެވޭނެއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016