ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)244-CAA/244/2016/61
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 29 ޑިސެންބަރު 2016 10:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޕްރޮޖެކްޓް އޮފިސަރ

މަޤާމް:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަހަކު -/5،610 ރުފިޔާ

މުސާރަ:

މަހަކު -/2،000 ރުފިޔާ

ސަރވިސް އެލެވަންސް:

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. 

ޢިނާޔަތްތައް:

1 (އެކެއް)

ބޭނުންވާ އަދަދު:

1. ޕްރޮޖެކްޓް މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ޕްރޮޖެކްޓް މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ޕްރޮޖެކްޓް މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

1. ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން ހިންގޭ ތަފާތު މަޝްރޫޢުތަކާ ގުޅޭ ކަންކަން ކުރިއަށްގެންދިއުން.

2. ބަނދަރާއި ފާލަން ފަދަ ތަންތަނާ ގުޅޭގޮތުން ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުން.

3. ތައްޔާރުކުރަންޖެހޭ އެކިއެކި ޕްރޮޖެކްޓްތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

4. ރަށުގައިހިންގޭ ތަފާތު ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުމާއި، ޕްރޮޖެކްޓްތަކަށް ގެނެވޭ ތަކެތީގެ ތެރެއިން ކައުންސިލުން ބަލަހައްޓަންޖެހޭ ތަކެތި، ހަމަޖައްސާ އުސޫލެއްގެމަތިން ބެލެހެއްޓުން.

5. އާންމު ޚިދުމަތްތަކާ ގުޅޭގޮތުން ކުރިއަށްގެންދެވޭ ކަންކަމުގައި، ޢަމަލީގޮތުން ބައިވެރިވެ، އެކަންކަން ބަލައި، ކަމާގުޅޭ ލިޔެކިޔުންތައް ރެކޯޑްކޮށް ބެލެހެއްޓުން.

6. މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ސެކްޝަނުން ހަމަޖައްސާ އުސޫލެއްގެމަތިން މަސައްކަތްތައް ކުރިއަށް ގެންދިއުން.

7. މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ކުރެވޭ އެންމެހައި މަސައްކަތްތައް ރެކޯޑްކޮށް ބެލެހެއްޓުމާއި، ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ގަވާއިދުން ރިޕޯޓްކުރަމުން ގެންދިއުން.

8. ރަށުގެ ތަރައްޤީއަށް އެއްކުރަންޖެހޭ މަޢުލޫމާތުތަކާއި ތަފާސްހިސާބު އެއްކޮށް، ތަފާސްހިސާބާބެހޭ ރިޕޯޓްތައް ހަދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ތަފާސްހިސާބު ބެލެހެއްޓުން.

9. ކައުންސިލަށް ބޭނުންވާ އަންދާސީ ހިސާބުތައް ތައްޔާރުކޮށް، މާލިއްޔަތުގެ ގަވާއިދާއި ޤާނޫނާ އެއްގޮތުގެމަތިން އެކަންކަން ކުރުން.

10. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ އެންމެހައި މުދާ ބެލެހެއްޓުމާއި، އެތަކެތި ދޫކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް ދޫކުރުމާއި، އެތަކެއްޗާ ހަވާލުވެ، އެ ތަކެތި ބެލެހެއްޓުން.

11. ރަށުގެ ތިމާވެއްޓާބެހޭ ކަންތައްތައް ބެލެހެއްޓުން.

12. ކައުންސިލުން ހިންގާ ތަރައްޤީގެ ހަރަކާތްތައް ރާވައި ހިންގުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރު ފުޅާކޮށް، އެފަރާތްތަކުގެ ބައިވެރިވުން ހޯދަން މަސައްކަތްކުރުން.

13. ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސަކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

14. މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ސެކްޝަނުން ހަމަޖައްސާ އުސޫލެއްގެމަތިން މަސައްކަތްތައް ކުރިއަށްގެންދިއުމާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރެއިން، ކައުންސިލް އިދާރާއިން ކުރުމަށް ހަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.

15. މުވައްޒަފުންގެ ލާބަޔާއި މަންފާއަށް ކުރެވޭ އެންމެހައި ކަންކަމުގައި ބައިވެރިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށްޓަކައި މި މަޤާމަށް ކުރިމަތިލާ ފަރާތަކަށް / ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި،  ޕްރެޒެންޓޭޝަނާއި،  ޕްރެކްޓިކަލްސްއާއި،  އިމްތިޙާނުކުރުން  އޮންނާނެ  ތަނާއި  ތާރީޚާއި  ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ތުރާކުނު ކައުންސިލްގެ އިދާރާއިން  ލިބެން  ހުންނާނެއެވެ. އަަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ. އަދި ވަގުތު ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް އެޕްލިކޭޝަން ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

2. މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ނޯޓު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6500035  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ، 6500035 އެވެ. އީ މެއިލްކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

14 ރަބީޢުލްއައްވަލް 1438

13 ޑިސެންބަރު 2016