މަސައްކަތް
ނަންބަރު: GS102/IUL/2016/19
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 27 ޑިސެންބަރު 2016 10:00
ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
އެލްމެނިއަމް ދޮރުހަރުކުރުމާއި މުށިޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ ސްޓޭޖް ކުލާސްރޫމުގައި އެލްމެނިއަމް ދޮރުހަރުކުރުމާއި މުށިޖަހައިދޭނެ ފަރާތެއް ހޯދުން:

މި ސްކޫލުގެ ސްޓޭޖް ކުލާސްރޫމުގައި އެލްމެނިއަމް ދޮރުހަރުކުރުމާއި މުށިޖަހައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު GS102/IUL/2016/14 (29 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން އެކަށީގެންވާ ވަރަށް މީހުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ހޯލުގެ ސްޓޭޖް ކްލާސްރޫމުގައި އެލްމިނިއަމް ދޮރުހަރުކޮށް، މުށިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތުދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިފައިގެން މި ސްކޫލަށް ހާޒިރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އެލްމިނިއަމް ދޮރު ހަރުކުރުމާއި މުށިޖެހުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

މަޢުލޫމާތުދިނުމުގެ ސެޝަން

2 ޖަނަވަރީ 2017، 13:00

27 ޑިސެންބަރު 2016، 10:00

މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުވާއިރު އެ ފަރާތަކުން ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާއިރު، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލްކުރެވޭނީ ކޮންމެވެސް އެއްފަރާތެކެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލުގެ 6540583 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.  

19 ޑިސެންބަރު 2016