މަސައްކަތް
ނަންބަރު: (IUL)251-MS/251/2016/111
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 03 ޖަނަވަރީ 2017 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ ނަންބަރު (IUL)251-MS/251/2016/109 (27 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، ދިއްދޫގައި ޤާއިމުކުރާ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ސެންޓަރުގެ އިމާރާތުގައި މިހާރު ނުނިމިހުރި މަސައްކަތްކޮށް ނިންމުމަށާއި ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލްގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ތިންވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 3 ވާ އަންގާރަދުވަހުގެ 13:00 އަށް މި ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 6 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށާއި ބިޑްހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ވިޔަސް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބަދަލުގައި ހާޒިރުވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016