ދިވެހިރާއްޖެ
އިޢުލާން
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން:
ތިރީގައި މިދަންނަވާ މި ސުކޫލުގައި ކުރަން ހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު GS129/2016/023 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިއީ މިކަމަށް ކުރެވޭ 3 ވަނަ އިޢުލާނެވެ.
1- ހޯލް އިމާރާތުގެ ކަރަންޓްވިއުގަ މަރާމާތުކުރުން.
2- ދަރިވަރުންގެ 2 ފާޚާނާ މަރާމާތުކުރުން.
3- ސުކޫލް ދެކުނު ގޯތީގައި ފެންހޮޅިއެޅުން.
4- ވައިޓްބޯޑު ހެދުން.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ 13:00 އަށް މި ސުކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ސުކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް، ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 6580358 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
19 ރަބީޢުލްއައްވަލް 1438