ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ހެލްތް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ. |
||
މަޤާމު |
ޕަބްލިކް ހެލްތު ޕްރޮގްރާމް އެސިސްޓެންޓް |
|
ބޭނުންވާ އަދަދު |
01 (އެކެއް) |
ރޭންކް:GS3 |
މަޤާމުގެ ކްލެސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
މުސާރަ |
މަހަކު -/4465 ރުފިޔާ |
|
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
|
ޑިވިޝަން / ސެކްޝަން |
ހެލްތް ޕްރޮޓެކްޝަން އެޖެންސީ / ޕަބްލިކް ހެލްތް އިންސްޕެކްޓޮރޭޓް |
|
ތަޢުލީމާއި ތަޖުރިބާ
|
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1. ކާބޯތަކެތި ހަދައި ވިއްކާ ތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގައި މި އޭޖެންސީއިން ހަދާފައިވާ ޕްރޮސީޖަރުތަކަށް ޢަމަލުކުރުން. 2. ކާބޯތަކެތި ހަދައި ވިއްކާ ތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ފުޑްސޭފްޓީ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށްހުރިތޯ ބެލުމަށް އިންސްޕެކްޓް ކުރުމަށްފަހު ހުއްދަ ދޫކުރުމާއި، ފުޑްސޭފްޓީ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް އެތަންތަން ނެތްނަމަ ގަވާއިދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 3. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ކަނޑައެޅިފައިވާ އުސޫލުން ބެލުމަށްފަހު ލެބޯރެޓަރީ ޓެސްޓްކުރުމަށްޓަކައި ސާމްޕަލް ނަގަންޖެހިއްޖެ ޙާލަތެއްގައި ސާމްޕަލްނަގާ އެމް.އެފް.ޑީ.އޭ.ގެ ލެބޯރެޓަރީއާއި ޙަވާލުކުރުން، އަދި ރިޕޯޓް ލިބުމުން އަންގަންޖެހޭ ފަރާތްތަކަށް އަންގާ ޑޮކިއުމަންޓް ކުރުން. 4. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޤާނޫނުގެ ދަށުން ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރެވޭތޯ ބެލުމަށް އިންސްޕްކްޓްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 5. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އަލަށް ރަޖިސްޓްރީކުރުމަށާއި ލޭއައުޓް ބަދަލުވެގެން ހުށަހަޅާ ލިޔުންތައް ހަމަތޯ ބަލައި ޗެކްކުރުމާއި ލޭއައުޓް ޑިސްކަޝަންއަށް ގަޑި ކިޔާ މި ތަންތަނުގެ ލިސްޓު ހަދައި ބެލެހެއްޓުން. 6. އޮފީހުގެ މަސައްކަތާ ގުޅުންހުރި ލިޔެކިއުންތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ލިޔެކިއުންތައް ފައިލުކޮށް ބެލެހެއްޓިން. 7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރިން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. |
|
ޢިނާޔަތްތައް |
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރިސްކް އެލަވަންސް ލިބޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރޭންސްކްރިޕްޓްގެ ކޮޕީ.) (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ މަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (ޝޯޓް ޓާރމް ޓްރޭނިންގ) 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
|
ސުންގަޑި |
2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން. |
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2017 ވަނަ އަހަރުގެ ޖަނަވަރީމަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014326 ނަންބަރު ފޯނަށެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. |