ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-ADF-A1/2016/13
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 19:12
ސުންގަޑި: 29 ޑިސެންބަރު 2016 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް އެއަރވާދިނަސް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓންޓް އެއާވާދިނަސް އިންޖިނިއަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއާވާދިނަސް

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ

މުސާރައާއި އެލަވަންސް :

އިންޑަސްޓްރީއާ އަޅައިކިޔޭވަރުގެ މުސާރައާއި އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1- MCAR-147 ނުވަތަ EASA Part 147 ޑިޕްލޮމާ އިން އެއާކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިން ހާސިލުކޮށްފައިވުން ނުވަތަ ބެޗްލަރ އޮފް އިންޖިނިއަރިން ޑިގްރީ އިން އެއެރޯނޮޓިކްސް/ އޭރޯސްޕޭސް/ މެކޭނިކަލް/ އިލެކްޓްރިކަލް/ އިލެކްޓްރޯނިކްސް ހާސިލުކޮށްފައިވުން

2- އޯލެވަލް އިނގިރޭސިއާއި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް އެސް ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. MCAR-147 ނުވަތަ EASA Part 147 ޑިޕްލޮމާ އިން އެއާކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިން ހާސިލުކޮށްފައިވުން ނުވަތަ ބެޗްލަރ އޮފް އިންޖިނިއަރިން ޑިގްރީ އިން އެއެރޯނޮޓިކްސް/ އޭރޯސްޕޭސް/ މެކޭނިކަލް/ އިލެކްޓްރިކަލް/އިލެކްޓްރޯނިކްސް ހާސިލުކޮށްފައިވުން
  2. ކޮންޓިނިއުއިން އެއަރވާދިނަސް މެނޭޖްމަންޓް އޯގަނައިޒޭޝަންތަކާއި، އެއަރކްރާފްޓް މެއިންޓަނަންސް އޯގަނައިޒޭޝަންތަކާއި، އެއާކްރާފްޓް މެއިންޓަނަންސް ޓްރެއިނިން އޯގަނައިޒޭޝަންތައް އިންސްޕެކްޓްކޮށް އެތަންތަން ހިނގަނީ ސިވިލްއޭވިއޭޝަންގެ ގަވާއިދާތަކާ އެއްގޮތަށްތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުއަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން. އަދި މިކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ ހުއްދަތައް/ ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  3. "އެއާކްރާފްޓް މެއިންޓެނަންސް ލައިސެންސް" އެދި ހުށަހަޅާ އެޕްލިކޭޝަންތައް މުރާޖަޢާކުރުމާއި އެސް އޯ ޕީއާ އެއްގޮތަށް ލައިސެންސް ދޫކުރުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި ލައިސެންސް ދޫކުރުން
  4. ދިވެހިރާއްޖޭއާ ބޭރުގެފަރާތްތަކާ ގުޅިގެން އެއަރވާދިނަސްގެ ރޮނގުން ހިންގާ މަޝްރޫތަކާ ޕްރޮގްރާމްތައް ވިލަރެސްކުރުމުގައި އެހީތެރިވެދިނުން
  5. އެއަރވާދިނަސްއިން ބާއްވާ މޮޑިއުލް އިމްތިޙާނުތައް އެސް އޯ ޕީގައިވާ ގޮތުގެ މަތީން ކުރިއަށްގެންދިއުން
  6. އެއާކްރާފްޓް މެއިންޓެނަންސް ލައިސެންސް ދޫކުރުމާބެހޭ ހުރިހާ ޑޭޓާ ބޭސްއެއް އަޕްޑޭޓްކުރުމާއި ފައިލުތަކާއި ރެކޯޑުތައް ބެލެހެއްޓުން
  7. އެއަރވާދިނަސް ސެކްޝަންގެ ޔައުމިއްޔާ ލިޔުމާއި އިދާރީ މަސައްކަތްތައް
  8. އެއަރވާދިނަސް ޓެކްނިކަލް ލައިބްރަރީ އެސް އޯ ޕީގައި ވާ ގޮތުގެ މަތީން ބެލެހެއްޓުން
  9. އެއަރވާދިނަސް ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހައި ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުން.
  10. އެއަރވާދިނަސް ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހައި ރެކޯޑްތަކާއި ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެހެއްޓުން.

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1-  އެއަރކްރާފްޓް މެއިންޓަނަންސް އިންޖިނިއަރިންގ ލައިސަންސް އޮތް ފަރާތަކަށްވުން.

2-  ޑިޕްލޮމާ އިން އެއާކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިން ޙާޞިލުކޮށްފައިވުން.

3- އެއަރކްރާފްޓް މެއިންޓަނަންސް އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން     އޮތޯރިޓީއަށް      

ހުށަހަޅަންޖެހޭ ލިޔުން

1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން  ހުންނާނެ)   

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ  

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

14 ޑިސެންބަރު 2016