ތަމްރީނު
ނަންބަރު: (IUL)160-A/1/2016/130
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 11 ޖަނަވަރީ 2017 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
އިމާމް ޑިޕްލޮމާ ކޯސް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި 2017 ވަނަ އަހަރު ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އިމާމް ޑިޕްލޮމާ ކޯސް

ޝަރުޠު:

1- ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ހިންގާ ކޯހަކުން ނުވަތަ އެ ފެންވަރުގެ އެ ގިންތީގެ ކޯހަކުން ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

2- އުމުރުން 18 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  2 އަހަރުދުވަސް

ވީމާ، މި ކޯހުގައި ބައިވެރިވުމަށް އެދޭފޯމު 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2017 ޖަނަވަރީ 11 ވާ ބުދަދުވަހުގެ 13.30ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު ހުށަހެޅުން އެދެމެވެ. މި ކޯސް ނިންމާ ދަސްވެނިން، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަނޑައަޅާ އުސޫލެއްގެމަތިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ޚިދްމަތް ކުރުމަށް އިޤްރާރުވާން ޖެހޭނެއެވެ.

19  ރަބީޢުލްއައްވަލް 1438

18 ޑިސެންބަރު 2016